ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހައްދުންމައްޗަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.
ރައްޔިތުންނާ ގާތުން ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުތަކުގެ ތެރެއިން ރަމަޟާން މަހުގެ ކުރިން ވެސް އެމަނިކުފާނު ވަނީ ރާއްޖޭގެ އެކި އަތޮޅުތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ގޮތުން ދަތުރުފުޅުކުރައްވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި ހައްދުންމަތީގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކާއި އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރައްވާއިރު މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.