ފިޠުރު ޢީދު ދުވަހުގެ ތަހުނިޔާ އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ރައީސް ފޮނުއްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
ފިޠުރު ޢީދު ދުވަހުގެ ތަހުނިޔާ އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ރައީސް ފޮނުއްވައިފި

ބަރަކާތްތެރި ފިޠުރު ޢީދު ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ފޮނުއްވައިފިއެވެ.

މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އިސްލާމީ ޤައުމުތަކުގެ ސަރުކާރުތަކަށާއި، އެޤައުމުތަކުގެ އަޚުވަންތަ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ބަރަކާތްތެރި ރަމަޟާން މަސް ނިމުނު ކަމުގައިވިޔަސް، އޯގާތެރިކަމާއި، ދީލަތިކަމާއި، އެއްބައިވަންތަކަމުގެ އުޞޫލުތައް ނެގެހެއްޓުމުގެ މުހިންމުކަމާއި، މުސްލިމް އުއްމަތުގެ ސުލްޙަމަސަލަސްކަމާއި، އެއްބައިވަންތަކަން ދެމެހެއްޓުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެސް ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އިސްލާމީ ޤައުމުތަކުގެ ވެރިންނާއި ރައްޔިތުންނަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަން، އަދި އުފާފާގަތިކަން އެދިވަޑައިގަންނަވަމުންނެވެ.

މިއަދު އޮންލައިން