ދުނިޔޭގަ އުޅުނު، އުޅޭ، އަދި އުޅޭނެ ނަންތައްވެސް ﷲ ތަޢާލާ ދެނެވޮޑިގެންވޭ! ތިބާއަކީ ހެޔޮ އަމަލުކޮށް ހެޔޮ ބަސް ބުނާ މީހަކުނަމަ ތިބާގެ ވާހަކަ ﷲ ތަޢާލާ ބަޔާން ކުރައްވަވާނެތެވެ!: މުފްތީ މެންކް

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
ދުނިޔޭގަ އުޅުނު، އުޅޭ، އަދި އުޅޭނެ ނަންތައްވެސް ﷲ ތަޢާލާ ދެނެވޮޑިގެންވޭ! ތިބާއަކީ ހެޔޮ އަމަލުކޮށް ހެޔޮ ބަސް ބުނާ މީހަކުނަމަ ތިބާގެ ވާހަކަ ﷲ ތަޢާލާ ބަޔާން ކުރައްވަވާނެތެވެ!: މުފްތީ މެންކް

ޙަދީޘްފުޅުން އެނގޭ ގޮތުގައި ﷲ ތާޢާލާ މަތިވެރިކުރުމަށް މީސްތަކުން އެއްވެއްޖެނަމަ އެކަމަށްޓަކައި ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގަންނަވައި އެކަން މަލާއިކަތް ބޭކަލުންނަށް ބަޔާން ކުރައްވަވަތެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ޝައިޠާނާ އެކަމަށް ހުރަސްއަޅަމުން ދަނިކޮށްވެސް މީސްތަކުން އެއްވެ ﷲ ތާޢާލާ މަތިވެރިކުރާތީއެވެ. 

ﷲ ތަޢާލާ މަތިވެރި ކުރެވޭ ބައްދަލުވުންތަކުގައި ބައިވެރިވުމަކީ ކުޑަކަމެއް ކަމަށް ހީނުކުރާށެވެ! އަހަރެމެން ކޮންމެ މީހަކީ ކާކުކަމާއި އެމީހާގެ ނަން ވެސް ﷲ ތައާލާ ދެނެވޮޑިގެންވެއެވެ. މިސާލަކަށް އަހަރެންނަކީ ކާކުކަން އަހަރެންނަށްވުރެ މާބޮޑަށް ﷲ ތާޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ ﷲ މަތިވެރިކުރެވޭ ބައްދަލުވުންތަކުގައި ވީހައި ގިނައިން ބައިވެރިވާށެވެ! 

މީސްތަކުންނޭވެ! ތިއަބައިމީހުންނަކީ ހެޔޮ އަމަލުތައްކޮށް ހެޔޮ ބަސް ބުނާ ބައަކު ކަމުގައި ވެއްޖެނަމަ ﷲ ތަޢާލާ އެމީހެއްގެ ވާހަކަ މަލާއިކަތް ބޭކަލުންނަށް ބަޔާން ކުރައްވަވާނެތެވެ. 

ކީރިތި ޤްރްއާނަށް ބަލާށެވެ! ހުރިހާ ނަބީ ބޭކަލުންނާއި ރަސޫލް ބޭކަލުންގެ ވާހަކަފުޅުތައް ބަޔާން ކުރައްވަވާފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން ނަބީ ބޭކަލުންނާއި ރަސޫލް ބޭކަލުންގެ ފުރިހަމަ އަދަދުވެސް އަހަރެމެންނަށް އެނގޭކަށް ނެތެވެ. ހަމަ އެއާއިއެކު ނަބީބޭކަލުންނާއި ރަސޫލް ބޭކަލުން ނޫން މީހުންގެ ވާހަކަތައް ކީރިތި ޤްރްއާނުގައި ވަނީ ބަޔާން ކުރައްވަވައިފައެވެ. 

އެއިގެ ތެރެއިން އެއް މިސާލަކީ ލުޤްމާންގެފާނެވެ. ލުޤްމާންގެފާނަކީ ރަސޫލްބޭކަލެއް ނޫނެވެ. އެފްރިކާއަށް ނިޞްބަތްވެވަޑައިގަންނަވާ ބޭކަލެކެވެ. ބުނެވޭގޮތުން ނިޞްބަތްވެވަޑައިގަންނަވަނީ ސޫދާނަށެވެ. ނަމަވެސް ދަރިންނަށް ދެއްވެވި ނަޞޭޙަތްޕުޅުގެ ފުރިހަމަކަމުން އެކަމުގެ ވާހަކަތައް އެވަނީ ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވަވައިފައެވެ. އަދި އެކަލޭގެފާނުގެ ނަންފުޅުގައި ސޫރަތެއްވެސް އެވަނީ ބާވައިލައްވަވައިފައެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން