ކުރިއަށް އޮތް އިންތިޚާބަކީ ޤައުމު އިސްކޮށްގެން، ޤައުމީ ވިސްނުމުގަ ވޯޓު ދެއްވަވާ އިންތިޚާބަކަށް ހައްދަވައިދެއްވާ!: ރައީސް ޑރ. މުޢިއްޒު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 43ސ
ކުރިއަށް އޮތް އިންތިޚާބަކީ ޤައުމު އިސްކޮށްގެން، ޤައުމީ ވިސްނުމުގަ ވޯޓު ދެއްވަވާ އިންތިޚާބަކަށް ހައްދަވައިދެއްވާ!: ރައީސް ޑރ. މުޢިއްޒު

ކުރިއަށް އޮތް ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބަކީ ޤައުމީ ވިސްނުމުގަ މަސެއްކަތްކޮށްގެން، ޤައުމީ ވސްނުމުގަ ވޯޓު ދެއްވަވާ އިންތިޚާބަކަށް ހެއްދެވުމަށް. އެއީ ޤައުމީ މަސެއްކަތަކަށް ޙަޤީގަތުގަވެސް ވޭއެބަ. ސަބަބަކީ ވަރަށް މަސައްކަތްތައް އެބަ ކުރެވޭ، މި ރަނގަޅު މަގަށް ދިވެހި ރައްޔިތުން ބުރަމަސައްކަތުން ޤައުމު މިސްރާބު ހަމަކޮށްފަ އޮއްވަ، އަނެއްކާވެސް ކުރީގަ އޮތް ނުބައި މިސްރާބަށް ގެންދަން މަސައްކަތް އެބަކުރޭ. އެ ފުރުސަތު އަޅުގަނޑުމެން އެކަމަށް ޣާފިލްވެތިބެ، އަޅުގަނޑުމެންގެ ތެރޭގަ ހުރި އެކިކަހަލަ ކުދިކުދި ހިތްހަމަ ނުޖެހުންތަކުގެ ތެރެއިން ލާފަވިޔަސް ދީލާލައިފިއްޔާ އެގޮތަށް، އަޅުގަނޑުމެން ހިތާމަ ކުރާނެ. އެހެންއެކަން ވިޔަދީގެން ނުވާނެ އަޅުގަނޑުމެން. އަޅުގަނޑުމެންގެ ތަރައްޤީ ހާސިލްކުރުމަށް އަޅުގަނޑުމެން މިތިބީ ފެންބޮވައި ގެންފަ. އެ ތަރައްޤީ ހާސިލް ކުރުމުގަ އަޅުގަނޑުމެންގެ ޓީމް ބުރަ މަސައްކަތްތަކެއް ރެއާ ދުވާލު އެކުރަނީ. މިހާރު އެކަމުގެ ނަތީޖާތައް ފެނޭ އެބަ. އަޅުގަނޑުމެންނާ ހަވާލުވީއިރު ހުއްޓިފަހުރި އެތައް މަސައްކަތެއް ފެށިއްޖެ. ފެށިގެން، އާ މަސައްކަތްތައްވެސް ފެށިގެން އެދަނީ. 

އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ފުދުންތެރިކަން އިތުރުވާން، މުއްސަނދިކަން ލިބެން، އިޤްތިޞާދު ވަރުގަދަވާން، އެކަން އެދަނީ އެ ރަނގަޅު މިސްރާބުން. އެހެންމަ މިހެން ރަނަގަޅަށް ގެންދެވޭ އިރުގަ މިކަމަށް އެންމެ ބޮޑު އެއްބާރުލުމެއް ދެވޭނީ ރައްޔިތުންގެ މަޖިލީހުގަ މިކަންކަމަށް އެއްބާރުލުން ދޭނެ ބޭފުޅުންކޮޅެއް އަޅުގަނޑުމެން ފަރާތުން ތިބިއްޔާ. 93 ދާއިރާއަށް އަޅުގަނޑުމެން ފަރާތުން މިތިއްބެވީ އެފަދަ ބޭފުޅުން. އެހެންވީމަ އަބްދުއް ރަޙީމް ފަދަ، އާދްމަ ޒާހިރު ފަދަ، އަޅުގަނޑުމެންގެ އެހެން ބޭފުޅުންވެސް ހޮއްވަވާ ދެއްވުމަކީ އަޅުގަނޑުމެން ތިބޭފުޅުންގެ ކިބައިން އެދޭ އެދުން. ވަރުގަދަ ޤައުމީ ޖޯޝްގެ މަސެއްކަތްތަކެއް، ޖޯޝުން ފުރިގެންވާ ޤައުމީ މަސެއްކަތްތަކެއް ކުރައްވަން އެބަޖެހޭ. އޭރުން އިރާދުކުރެއްވިއްޔާ އަޅުގަނޑުމެންނަށް އުފާ ފާގަތިކަން ލިބޭނީ. 

އަޅުގަނޑު ކުރާ ހުރިހާ މަސެއްކަތެއްގަވެސް ބިންގަލަކީ މާތްވެގެންވާ އިސްލާމް ދީން. މިދިޔަ ކުޑަ ދުވަސްކޮޅުގެތެރޭގަ އަޅުގަނޑު ފަޚުރުވެރިކަމާ އެކީގަ ކުރެވޭތޯ ބެލީ އެ ބިންގާގެ މަތީގަ ރާއްޖެ އާރާސްތު ކުރުމުގެ މަސެއްކަތް. އަޅުގަނޑުމެން ކޮންމެ މީހަކީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނަށް ލޯބިކުރާ ދީނަށް ނަޞްރުދޭ ބަޔަކަށް ވާން އަޅުގަޑނު ބޭނުންވާތީ އަޅުގަނޑު އެވާހަކަ ފުރަތަމަ ދުވަހުން ފެށިގެންވެސް މި ދައްކަނީ. އެހެންވީމަ، މި ރަނގަޅު ބިންގަލުގެ މަތީގަ ޤައުމު އާރާސްތު ކުރުމުގެ މަސެއްކަތް އަޅުގަނޑުމެން ފަށާފަ މިވާ ދަނޑިވަޅުގަ، ކުރީގަ ދިޔަގޮތަށް ދާން ފުރުސަތު ދޫކޮށްލުމަކީ އަޅުގަނޑުމެން އަތުން ހެދޭނެ ވަރަށްބޮޑު ގޯހަކަށް ވާނީ. އެހެންމަ އިސްލާމްދީނުގެ ވަރުގަދަ އަސާސްގެ މަތީގަ، ދީނީ ހަމަތަކުގެ މަތީގަ އަޅުގަނޑުމެން ބޭނުންވާ ގޮތަށް ޤައުމު ގެންދިއުމަށްޓަކާ އަޅުގަނޑުމެން އެންމެން އަތުކުރި އޮޅާލަންވީ. އޭރުން އިރާދުކުރެއްވިއްޔާ ޤައުމަށް އަންނާނީ ހަމަޖެހުން، ޤައުމުގެ ތަރައްޤީ އަޅުގަނޑުމެން ބޭނުންވާގޮތަށް ޙާސިލް ވާނެ. އަދި އަޅުގަނޑުމެންގެ ޤައުމުގެ މިނިވަންކަމާ، ރައްކާތެރިކަމާ، ސަލާމަތްތެރިކަމާ، ޙިމާޔަތްތެރިކަން އަޅުގަނޑުމެން ބޭނުންވާގޮތަށް ޤާއިމް ވެގެން ދާނެ. 

އާދެ، އެހެންވީމަ އަޅުގަނޑު ހުރިހާ ލޮބުވެތި ރައްޔިތުންގެ ކިބައިން މި ޢަޒުމުގަ ވަރުގަދަ މަސެއްކަތްތަކެއް ކުރުމަށް ދަންނަވަން. ބަރަކާތްތެރި ރަމްޟާން މަސްވެސް މިހާރު މި ނިމެނީ. މި ބަރަކާތްތެރި ރަމަޟާން މަހުން އަޅުގަނޑުމެންނަށް ލިބޭ ފިލާވަޅަކީ އަދި އަޅުގަނޑުމެން އާ ކުރާ ޢަޒުމަކީ މި ޢަޒުމް ކަމުގައި ހެއްދެވުމަށް އަޅުގަނޑު އެދެން. އިސްލާމީ ވަރުގަދަ ބިންގަލެއްގެ މަތީގަ އަޅުގަނޑުމެންގެ އަމިއްލަ އަތުން އާރާސްތު ކުރާ، އަޅުގަނޑުމެން ފަޚުރުވެރިވާފަދަ ޤައުމީ ޖޯޝުން ފުރިފައިވަ ތަރައްޤީގެ މަގުގަ ކުރިއަށްދާ، ހަމަޖެހިއިވާ ޤައުމަކަށް ހެދުމަށްޓަކާ 21 އޭޕްރީލްގަ އޮން ވާޓަކީ ދޭ ވޯޓެއްގެ ގޮތުގަ ހެދުމުގެ ޢަޒުމް، މި މަސައްކަތް ކުރުމުގަ އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަން އަޅުގަނޑު އެދެން. 

އާދެ، އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަކީ ހެޔޮ ބަސް އަހާ ހެޔޮބަސް ޤަބޫލުކުރާ ބައެއް ކަމުގަ ﷲ ސުބުޙާނަޙު ވަތަޢާލާ މިންވަރު ކުރެއްވުން. އަޅުގަނޑުމެންގެ މި ޤައުމަކީ ތާ އަބަދަށް މިނިވަން ޤައުމެއްގޮތުގަ ލަހައްޓަވާށި. އާމީން..

ވައްސަލާމް ޢަލައިކުމް ވަރަހްމަތުﷲ ވަބަރަކާތުހޫ

- ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުން

 

މިއަދު އޮންލައިން