ސަރުކާރުގެ ކޮންމެ ކެނޑިޑޭޓަކީ މި މަޖްލީހަށް ހޮއްވަވަން މުހިއްމު، އިޚްލާސްތެރި، ދިވެހިންގެ ރާއްޖޭގެ ސިފަ ދިވެހި ޤައުމަށް ގެނެސްދިނުމުގެ ޢަޒުމްގަ ތިއްބެވި ތެދުވެރި ބޭފުޅުން!: ރައީސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 43ސ
ސަރުކާރުގެ ކޮންމެ ކެނޑިޑޭޓަކީ މި މަޖްލީހަށް ހޮއްވަވަން މުހިއްމު، އިޚްލާސްތެރި، ދިވެހިންގެ ރާއްޖޭގެ ސިފަ ދިވެހި ޤައުމަށް ގެނެސްދިނުމުގެ ޢަޒުމްގަ ތިއްބެވި ތެދުވެރި ބޭފުޅުން!: ރައީސް

ހަމަ އެފަދައިން ޒުވާން ބޭފުޅެއް ފެލިދޫ ދާއިރާއަށް ކުރިމަތި ލައްވާފަ ހުންނެވި އާދަމް ޒާހިރު. ކުރިން އަޅުގަނޑުމެންގެ އެ ދާއިރާގެ ގޮނޑީގަ އިންނެވީ އަޅގަނޑުމެންގެ މިހާރު އެޗް.ޑީ.ސީ ގެ އެމް.ޑީ ފަޒޫ. އާދެ އެދާއިރާގެ ރައްޔިތުންނަށް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ  އަޅުގަނޑުގެ ފުރިހަމަ އިތުބާރު އޮތް 100 ޕަސެންޓް ތާއީދު އޮތް ހަމައެކަނި ބޭފުޅަކީ އާދަމް ޒާހިރު އޭވެ. ވަރަށް ބޮޑަށް މިކަން އޮޅުވާލަން އެބަ މަސެއްކަތް ކުރޭ. ހަމ އެކި ގޮތްގޮތުން އޮޅުވާލަނީ. އެހެންވިޔަ ނުދެއްވާ. ވަރަށް ސާފުކޮށް މިދަންނަވަނީ އެހެން ކެނޑިޑޭޓެއް ނެތް. އެދާއިރާގަ އަޅުގަނޑުމެންގެ ތާއީދު އޮތް. ހަމައެކަނި ބޭފުޅަކީ އަޅުގަނޑުމެންގެ ފަރާތުން ހުންނެވި ކެނޑީޑޭޓް، ކެނޑިޑޭޓް ނަންބަރު 4. އެހެންވީމަ ފެލިދޫ ދާއިރާގެ ތަރައްޤީއަށްވެސް ، މުޅި ވ އަތޮޅުގެ ތައްރައްޤީއަށްވެސް އަޅުގަނޑު ވާނީ މި ދޭތެރެއިން ކުރި ރަސްމީ ދަތުރުގަވެސް ފެލިދޫ ދާއިރާ އަދި އަތޮޅުގެ ތަރައްޤީގެ ވާހަކަ ދައްކާފަ. ރަށްރަށުގެ ތަރައްޤީއަށް ކުރަން ހުރި ކަންކަން ވާނީ ހިއްސާ ކޮށްފަ ބޭއްވުނު ބައްދަލުވުން ތަކުގައިވެސް.

އެހެންމަ، ދާއިރާގެ ތަރައްޤީއަށް މިފަދަ ރަނގަޅު ފުރުސަތެއް، ޒުވާން ޖޯޝްހުރި ރަނގަޅު ބޭފުޅަކު އަޅުގަނޑުމެންގެ ފަރާތުން މި ހުންނެވީ. މިކަމުގަ ތިބޭފުޅުން އެންމެން އެކަތިގަނޑަކަށް ވެވަޑައިގެން އާދަމްޒާހިރު ހޮއްވަވާ ދެއްވުމަކީ އަޅުގަނޑު ހަމަ ވަރަށް އުފާކުރާނެ ކަމެއް އަދި އެދޭގޮތް. އަދި ޔަޤީންވެސް ކުރާގޮތް.

އެހެންވީމަ، މި 2 ދާއިރާގެ ރައްޔިތުން،( މިތަނުގަ މިރޭ ހަމައެކަނި މި 2 ދާއިރާގެ ވާހަކަ މިދައްކަނީ، މި ޖަލްސާ ޚައްސަ ކުރެވިފަ އޮތީ އެ 2 ބޭފުޅުންނަށް ވީމަ) ގެ ކިބައިން އަޅުގަނޑު އެދެނީ ބާކީ މިއޮތް 2 ހަފްތާއެއްހާ ދުވަހު ވަރަށް ވަރުގަދަ މަސައްކަތްތަކެއް ކުރައްވަވާ އަޅުގަނޑުމެންގެ ފަރާތުން އެ 2 ގޮނޑީގައި ތިއްބަވާ ދެބޭފުޅުންނަކީ މި ދެބޭފުޅުންނަށް ހައްދަވާދެއްވުމަށް. 

އަދި، ހަމަ އެފަދައިން މިތާ އެބަ ތިއްބެވި ހަމަ އެހެން ދާއިރާތަކުގެ ބައެއް ކެނޑިޑޭޓުންވެސް، އަދި ރާއްޖޭގެ ކަންކޮޅުތަކުގަ އަޅުގަނޑުމެންގެ ކެނޑިޑޭޓުން އެދަނި މަސެއްކަތް ކުރައްވަމުން. އަޅުގަނޑުމެންގެ ކޮންމެ ކެނޑިޑޭޓަކީ މި މަޖްލީހަށް ހޮއްވަވަން މުހިއްމު ބޭފުޅެއް. އިޚްލާސްތެރި ބޭފުޅުން، ތެދުވެރި ބޭފުޅުން. ދިވެހިންގެ ރާއްޖޭގެ ސިފަ ދިވެހި ޤައުމަށް ގެނެސްދިނުމުގެ ޢަޒުމްގަ ތިއްބެވި ތެދުވެރި ބޭފުޅުން. 

އަޅުގަނޑުމެން އިސްކުރަނީ ޤައުމު. އަޅުގަނޑުމެންގެ މޮޓޯ އަކީވެސް "އެންމެ ފުރަތަމަ ޤައުމު". އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރަން މި އައީ ރައްޔިތުން ފުރުސަތު މި ދެއްވީ މި މޮޓޯގެ ސަބަބުން. މި ޤައުމުގެ މިސްރާބު ދެންމެ މި ދެންނެވި ފަދައިން ކައްސާލައިގެން މިނިވަންކަން އަޅުގަނޑުމެން އަތުން ބީވެފައިވަނިކޮށް، އެ މިސްރާބު ރަނގަޅު ކުރުމަށް ރައްޔިތުން ފުރުސަތު ދިނީ އަޅުގަނޑުމެންގެ މި ސިޔާސަތުގެ ސަބަބުން. ވީމާ، އަޅުގަނޑުމެންގެ ހުރިހާ ކެނޑިޑޭޓުންނަށް އެ ފުރުސަތު ދެއްވުމަކީ މި މަސެއްކަތް ފުރިހަމަ ކުރުމަށް ދެއްވެވޭވެނެ ވޯޓަކަށް ވާނެ. އެހެންވީމަ އަޅުގަނޑު އެދެނީ އަޅުގަނޑުމެންގެ ހުރިހަ ކެނޑިޑޭޓުންނަށް އިތުބާރު ކޮށްދެއްވުމަށް. 

- ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުން

 

މިއަދު އޮންލައިން