ފިޠުރު ޒަކާތް ދެއްކި ޢަދަދު އިތުރުވެ ފަޤީރުންގެ ގޮތުގައި ދަފްތަރު ކުރެވިފައިވާ ކޮންމެ މީހަކަށް 8 ހާސް ރުފިޔާ ބަހަން ފަށައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ފިޠުރު ޒަކާތް ދެއްކި ޢަދަދު އިތުރުވެ ފަޤީރުންގެ ގޮތުގައި ދަފްތަރު ކުރެވިފައިވާ ކޮންމެ މީހަކަށް 8 ހާސް ރުފިޔާ ބަހަން ފަށައިފި!

ތާރީޚީ ގޮތުން ބަލާއިރު ދިވެހިރާއްޖޭގައި ފިޠުރު ޒަކާތް ބަހަމުން އަންނަނީ އެރަށަކުން ލިބޭ އެއްޗެހި އެރަށެއްގެ ފަޤީރުންނަށެވެ. އެރަށެއްގައި ފަޤީރަކު ނެތް ނަމަ އެންމެ ގާތުގައި އޮތް ފަޤީރުން ތިބި ރަށަކަށެވެ.

މާލެއަށް ފިޠުރު ޒަކާތް ދެއްކި އަދަދުވަނީ އިތުރުވެފައެވެ. މާލޭގައި ފަޤީރުންގެ ގޮތުގައި ދަފްތަރު ކުރެވިފައިވާ ކޮންމެ މީހަކަށް 8 ހާސް ރުފިޔާގެ ރޭޓުން ފިޠުރު ޒަކާތް ވަނީ ބަހަން ފަށާފައެވެ. ފައިސާ ޖަމާވާނީ ސީދާ އެމީހެއްގެ އެކައުންޓަށެވެ. 

އެކި ސަބަބުތަކާހުރެ ޖަލުގައި ބަންދުވުމުގެ ސަބަބުން އަނބި ދަރިންނަށް ނިކަމެތި ކަން މެދުވެރި ވެފައިވާ ފަރާތްތަކުގެ ޢާއިލާތަކަށް ވެސް ފިޠުރު ޒަކާތުން އެހީތެރިކަން ލިބޭނެއެވެ. ކުޑަކުދިންގެ ހިޔާއާއި ޚާއްޞަ އެހީއަށް ބޭނުންޖެހިފައިވާ ފަރާތްތަކުގެ މަރުކަޒުގައި ތިބި ފަރާތްތަކަށްވެސް ފިޠުރު ޒަކާތުން ލިބޭނެއެވެ. 

- އިސްލާމިކް މިނިސްޓްރީ

 

މިއަދު އޮންލައިން