ދީނީ އަދި އިޖުތިމާޢީ މައްސަލަތައް މިވަނީ އިންތިހާއަށް އިތުރުވެފަ! ޙައްލު ހޯދޭނީ ޤާނޫނުތަކަށް ބަދަލުގެނެސްދޭނެ މެންބަރުން އިތިޚާބުކޮށްގެން!: ރައީސް

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ދީނީ އަދި އިޖުތިމާޢީ މައްސަލަތައް މިވަނީ އިންތިހާއަށް އިތުރުވެފަ! ޙައްލު ހޯދޭނީ ޤާނޫނުތަކަށް ބަދަލުގެނެސްދޭނެ މެންބަރުން އިތިޚާބުކޮށްގެން!: ރައީސް

އަޅުގަނޑުމެން ޤައުމު މި ފެންނަނީ އިޖްތިމާއީގޮތުން ނޭދެވޭ އެތައް ކަންތައްތަކެއް ހިނގަމުން ދާތަން. ޖިންސީ ފުރައްސާރަކުރުން، ކުޑަކުދިންނަށް ނޭދެވޭ އެކިކަހަލަ ބުލީ ކުރުން، ގެވެށި އަނިޔާ، މިހެން ގޮސް އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމަޢު، އަދި އަމުދުން އިސްލާމީ މި މުޖުތަމަޢުގަ ހުރެގެން ނުވާނެ ނޭދެވޭ އަސަރުތަކެއް، ނޭދެވޭ ސިފަތަކެއް. މިކަންކަން އިތުރުވެ މި ކަންކަން ގިނަވެގެން ގޮސްފަ އޮތްތަން. 

މިކަން ރަނގަޅު ކުރުމުގެ ސިޔާސަތު އަޅުގަނޑުމެންގެ މެނިފެސްޓޯގަ މިއޮތީ. އަޅުގަނޑު ބޭނުންވަނި މުޅި މުޖުތަމަޢު އެކުއެކީގަ އެއް ރޫޙެއްގަ މިކަމުގަ މަސައްކަތް ކުރަން. މިކަންކަން ޙައްލު ކުރުމުގަ ޤާނޫނުތައް އިސްލާޙްކުރަންޖެހޭ. ޤާނޫނުތައް ހަދަންޖެހޭ. އެހެންވީމަ މިކަންކަމަށް އެއްބާރުލުންދޭނެ މެންބަރުން، މިރައްކާތެރި މުޖުތަމަޢު، އޯގާތެރި މުޖުތަމަޢު ޤާއިމްކުރުމަށް އެއްބާރުލުންދޭނެ ބޭފުޅުން މަޖިލީހަށް ހޮވަންޖެހޭނެ. 

އަޅުގަނޑު ޔަޤީންކުރަނީ އެގޮތުގަ ރައްޔިތުން އަޅުގަނޑަށް މިކަމުގަ ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމަށް. އަޅުގަނޑުމެންނަށް މިކަންކަމުގަ އެއްބާރުލުން ނުދޭނެބަޔަކު މަޖްލީހަށް ހޮވައިގެން ރައްޔިތުންގެ އުއްމީދުތައް ޙާސިލްނުވެ ބުރަކި ޖެހި މަޑުޖެހޭގޮތްވާން ފުރުސަތު ދެއްވާނެކަމަކަށް އަޅުގަނޑު ޤަބޫލެއްނުކުރަން. 

އެހެންވީމަ ވަރުގަދަ މަސައްކަތްތަކެއް ބާކީ މިއޮތް 2 ހަފްތާއެއްހާ ދުވަހު ކޮށްދެއްވަވާ. ކުރައްވަވާ، މި އިންތިޚާބު ކާމިޔާބު ކުރުމުގެ ފޮނި މީރު ނަތީޖާ، ފޮނި މީރުކަން ހޯއްދެވުމަކީ އަޅުގަނޑުމެން އެންމެންގެ އުފަލަކަށް ހައްދަވާ. 

- ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުން

 

މިއަދު އޮންލައިން