ކުރިން މަޖިލިސް އިންތިޚާބަށް ރައްޔިތުން ވޯޓްދިން ގޮތުން ޤައުމިއްޔަތު ގެއްލި އަޅުވެތިވެ ދަރަނިވެރިކަން އިންތިހާއަށް ގޮސްފަމިއޮތީ! މިފަހަރު ވޯޓުދޭންވީ މިޙާލަތުން ސަލާމަތްވާން!

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 55ސ
ކުރިން މަޖިލިސް އިންތިޚާބަށް ރައްޔިތުން ވޯޓްދިން ގޮތުން ޤައުމިއްޔަތު ގެއްލި އަޅުވެތިވެ ދަރަނިވެރިކަން އިންތިހާއަށް ގޮސްފަމިއޮތީ! މިފަހަރު ވޯޓުދޭންވީ މިޙާލަތުން ސަލާމަތްވާން!

ކުރިއަށް އޮތް ރައްޔިތުން މަޖްލީހުގެ އިންތިޚާބުގަ ވާދަކުރައްވާ ދެ ކެނޑިޑޭޓުން ކަމުގައިވާ ފޮނަދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ކެނޑިޑޭޓް ނަންބަރު 2 އަބްދުއްރަޙީމް ޢަބްދުﷲ، ފެރިދޫ ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓް ނަންބަރު 4 އާދަމް ޒާހިރު. ވަޑައިގެން ތިއްބެވި ދައުލަތުގެ އެކިއެކި މަޤާމުތަކުގެ ވެރިން، މި ދެ ދާއިރާގެ ވަޑައިގެން ތިއްބެވި އެންމެހާ ރައްޔިތުން، އަދި މި ޖަލްސާ ދުރާޢިގާތުން ބައްލަވަމުން އަޑުއައްސަވަމުން ގެންދަވާ ހުރިހާ އަޚުންނާއި އުޚްތުން. އައްސަލާމް ޢަލައިކުމް ވަރަޚްމަތުﷲ ވަބަރަކާތު.

އާދެ، ރައްޔިތުން މަޖްލީހުގެ އިންތިޚާބުގެ ވޯޓުލާދުވަސް މިހާރު މިއޮތް ގާތްވެ، އިންތިޚާބުގެ ފޯރި މިއޮތީ ގަދަވެފަ. އަޅުގަނޑު އެދެނީ ދިވެހި ލޮބުވެތި ރައްޔިތުންގެ ކިބައިން ނިކަން ވަރުގަދަ މަސެއްކަތްތަކެއް ބަކީ މިއިތް ދުވަސްކޮޅުގައި، މިހާތަނަށް ތި ކުރެއްވި މަސެއްކަތް އަދި އިތުރު ހަރުފަތްތަކަކަށް ގެންގޮސްދެއްވާ މި އިންތިޚާބު ދިވެހި ރައްޔިތުންގެ ޙައްޤުގަ، ރައްޔިތުންނަށްޓަކާ، ރައްޔިތުންގެ އުއްމީދުތައް ޙާސިލްކުރުމަށްޓަކާ ކާމިޔާބު ކުރުމަށް މަސެއްކަތް ކުރެއްވުމަށް. 

މި އިންތިޚާބު ކާމިޔާބުކުރަން އަޅުގަނޑުމެން މި ބޭނުންވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގަ ތިޔަ ލޮބުވެތި ރައްޔިތުން ހަމަ އެހާމެ ވަރުގަދަ ޤައުމީ ރޫޙެއްގަ ކުރެއްވެވި ވަރުގަދަ މަސައްކަތުގެ ނަތީޖާ ފުރިހަމަ ކުރުމަށްޓަކާ. މިސްރާބު ކައްސާލައިގެން ގޮސް އަޅުގަނޑުމެންގެ ޤައުމުގެ ރައްކާތެރިކަން، މިނިވަންކަން، ސަލާމަތްތެރިކަން ގެއްލިގެން ގޮސްފަވަނިކޮށް، އަޅުގަނޑުމެންގެ ޤާއުމުގެ ތަރައްޤީ ސޮއްސާލައިގެން، އަޅުގަނޑުމެންގެ ޤައުމުގެ ތަރައްޤީ އަތުނުޖެހޭ ހިސާބަށް ފަހަތަށް ގޮސްފައިވަނިކޮށް، އަދި އަޅުގަނޑުމެންގެ ޤާއުމުގެ ހަމަޖެހުން އެކުއެކީގަ ގެއްލިފައި ވަނިކޮށް،

އެ މިސްރާބު ރަނގަޅުކޮށް ދިވެހިންގެ އަތްމައްޗަށް ދިވެހީންގެ ބަސް ދިވެހި ޤައުމަށް ހިނގާ ގޮތަށް ދިވެހީންގެ ރާއްޖެއެއް ޤާއިމް ކުރުމުގެ މަސެއްކަތް ކުރައްވަވާ އެކަމުގެ ފުރަތަމަ މަރްޙަލާ ތިޔަ ލޮބުވެތި ރައްޔިތުން މިދިޔަ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްފައިވާވުން. އެންމެ އެދެވޭ ގޮތުގަ ފުރިހަމަ ނަތީޖާއާ ހަމައަށް ގެންދެވޭނީ ދެން އޭގެ ދެވަނަ މަރުޙަލާކަމުގަ ހަމަ ޙަޤީގަތުގައިވެސް ވާ، ސަރުކާރަށް އެންމެ މުހިއްމު އެއްބާރުލުމެއް ދެވޭނެ އަދި ދޭންޖެހޭ ތަނެއްގެގޮތުގަ ޤާނޫނީ ގޮތުންވެސް އޮތް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށްވެސް ހަމަ މި ދެންނެވި ވިސްނުމުގަ މަސެއްކަތްކޮށް އެ ވިސްނުމުގަ ތިބި ބަޔަކު ހޮވައިގެން ކަމުގައިވާތީ އެ މަސެއްކަތް ކުރެއްވުމުގަ ތިބޭފުޅުން ކުރިއަށް ވަޑައިގަތުމަކީ އަޅުގަނޑު އެދޭ ވަރަށް މުހިއްމު އެދުމެއް. 

އަޅުގަނޑު ޔަޤީންކުރަނީ މިގޮތުގައި އަޅުގަނޑުމެން މަސެއްކަތްކޮށް މިކަން ކާމިޔާބު ކުރާނެކަމަށް. މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ މިކަން ކުރުމުގެ މުހިއްމުކަން. ޤައުމުގަ ރައްކާތެރިކަން ޤާއިމްކުރުމަކީ އަޅުގަނޑުމެންގެ މައިގަނޑު އެއް ސިޔާސަތު. މިނިވަންކަމުގެ މާނައިގަވިޔަސް އަދި އޖްތިމާއީ ރައްކާތެރިކަމުގެ ގޮތުންވިޔަސް މި ރައްކާތެރިކަން މިޤައުމަށް ގެންނަން އަޅުގަނޑުމެން ބޭނުން. ދިވެހި ލޮބުވެތި ރައްޔތުން ބޭނުންވަނީ ދިވެހިންގެ ރާއްޖޭގައި މި ރައްކާތެރިކަން ޤާއިމް ވާން. އެހެންވީމާ 21 އޭޕްރީލްގަ މިޖަހާ ފާހަގަ ޖަހަންޖެހޭ މައިގަނޑު 3 ސަބަބުތަކުގެ ތެރެއިން 1 ސަބަބަކަށް މިކަން ހަދަން މިޖެހެނީ. މިކަމަށް އެއްބާރުލކުން ދޭނެ އަޅުގަނޑުމެންގެ 93 ކެނޑިޑޭޓުން ހޮވަވައިދެއްވަން އަޅުގަނޑު އެދެނީ އެހެންވެގެން. 

- ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުން

މިއަދު އޮންލައިން