ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވެރިކަމާއި ޙަވާލުވުމާއިއެކު ދިވެހި ރައްޔިތުންނަށްޓަކައި ތަނަވަސްކަމާއި ތަރައްޤީއާއި ކުރިއެރުން ދަނީ ގޭގޭގެ ދޮރުތަކުގައި ޓަކި ޖަހަމުންނެވެ. ދޮރުހުޅުވައި ގެއަށް ވެއްދުން އޮތީ ރައްޔިތުންގެ އަތްމަތީގައެވެ.
ރައީސް ޑރ. މުޢިއްޒުގެ ޚިދުމްތަ ޔަޤީންވެގެންދަނީ އެމަނިކުފާނުގެ ވާހަކަފުޅަކުން ނޫނެވެ. ޢަމަލުފުޅުތަކުންނެވެ. މިޘާލަކަށް ޑޮލަރުގެ އަގުހެޔޮކޮރަން ޑޮލަރުގެ ބޮލުން މޮހޮރު ނައްޓައިލިކަން ރައީސް ނަޝީދު އިޢުލާނުކުރެއްވިތާ 15 ވަރަކަށް އަހަރުވަނީއެވެ. ބޮލުން މޮހޮރު ނައްޓާލީމާ އަގު ދިއައީ ތިރިވަމުން ނޫންކަމާއި އުފުލެމުންކަން އެއީ ލޮލަށް ފެންނަންހުރި ކަމެކެވެ.
ނަމަވެސް މިއަދު މިފެންނަނީ އެންމެ 4 މަސްދުވަސްތެރޭގައި ޑޮލަރެއްގެ އަގުން 70 ލާރި ހެޔޮވެފައިވާތަނެވެ. އަހަރު ނިމިގެންދާއިރު ބޮޑުތަނުން އަދިވެސް ތިރިވާނެއެވެ. އިން ޝާ ﷲ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އުންމީދީ ވާހަކަފުޅަކުން:
އާދެ އަޅުގަނޑު ދަންނަވާލަންބޭނުންވަނީ، އާދެ ދާއިރާގެ ތަރައްޤީއަށް، ރަށުގެ ތަރައްޤީއަށް ވަރަށް ގިނަ މަސައްކަތް ދެންމެ އަޅުގަނޑު މި ދެންނެވި ފަދައިން ކުރަން އެބަހުރި. ޤައުމީ ތަރައްޤީގެ ޕްލޭންގަ އަޅުގަނޑު އިއުލާނުކުރިން އިހައްދުހު ރަސްމީދަތުރުގަ އާބަން ސެންޓަރުތަކުގެ ގޮތުގަ ކަނޑައަޅާ 7 ރަށް، އެއީ އުތުރުގެ ޑިވެލޮޕްމެންޓް ޒޯންއާ، ދެކުނުގެ 4 އަތޮޅުގެ މި ޒޯންތައް ފިޔަވާ ދެން މެދުރާއްޖެތެރެއާ މި ސަރަޙައްދު ހިމެނޭ ސަރަޙައްދުގަ އަޅުގަނޑުމެން ކަނޑައަޅާ 7 ރަށުގެ ތެރެއިން ހިމެނޭ ރަށެއްގެ ގޮތުގައޭ އަޅުގަނޑުމެން ކަނޑައަޅާފަވަނީ އޭދަފުށި. އެހެންވީމަ އެއީ ވަރަށްބޮޑު، ވަރަށްގިނަ މަސެއްކަތްތަކެއް އޭގެތެރެއިން އަޅުގަނޑުމެން ކުރަން ނިންމާފަ އޮތްކަމެއް، އެކަން އެގޮތަށް ކަނަޑައެޅިގެން ދިޔައީމަ. މިކަންކަން ކުރެވޭނީ ސަލީމްގެ ފުރިހަމަ އެއްބާރުލުން ލިބިގެން. އަޅުގަނޑަށް އިނގޭ ތިބޭފުޅުން އެގޮތަދް ނިންމަވާ ދެއްވާނެކަން، އެހެންމަ އަޅުގަނޑު އެކަމަކަށް ޝައްކެއް ނުކުރަން.
އެހެންނަމަވެސް އަޅުގަނޑު އެދެނީ މިދިޔަ ދުވަސްތަކުގަ އިންތިޙާބުގެ ކެމްޕެއިންގަ ތިކުރެއްވި މަސެއްކަތް އަދި އިތުރު ގިއަރުތަކެއް މައްޗަށް ގެންގޮސްދެއްވާ ބާކީ މިއޮތް 17 ވަރަކަށް ދުވަހު އަދި އިތުރަށް މަސެއްކަތް ކުރައްވާ، އަޅުގަނޑުމެން ތެރޭގަ އަދި މުޅިން ޚިޔާލު އެއްގޮތް ނުވާ ބެފުޅަކު ހުންނެވިއަސް އެބޭފުޅަކުވެސް އޮންބޯރޑް ކުރައްވައިގެން ބޮޑު މެޖޯރިޓީއެއް ނަންގަވާ، ވަރަށް ވަރުގަދަ އަޤްލަބިއްޔަތެއް ނެންގެވުމަށް، އެރޫޙުގަ މަސެއްކަތް ކޮށްދެއްވުމަށް. އެހެންވީމަ އެގޮތުގަ މިރެއިންފެށިގެން އިތުރު މަސެއްކަތްތަކެއް ކުރައްވާ 21 އޭޕްރީލްގަ އޮންނަ އިންތިޚާބުގަ މިދެންނެވިފަދަ ރަނގަޅު ނަތީޖާއެއް ނެރެދެއްވުމަށް އޭދަފުށީގެ ދާއިރާ، އޭދަފުށީ ރައްޔިތުންގެ ކިބައިން އަޅުގަނޑު ވަރަށް އަދަބުވެރިކަމާ އެކީގަ ދަންނަވަން.
ތަރައްޤީގެ މަސެއްކަތްތަކަށް ބަލާއިރުގަ ވަރަށް ގިނަ ކަންކަން އެބަހުރި، އެންމެ މުހިއްމީ ގެދޮރުވެރިކަން. ގެދޮރުވެރިކަމުގެ ދާއިރާއިން، އާރބަން ސެންޓަރެއްގެ ގޮތުގަ ކަނޑައެޅުމާ އެކީގަ، އަދި ރަށުގަ މިކަމުގަ އޮތް މުހިއްމުކަމުގެ ބޮޑުކަމަށް ބަލާއިރުގަވެސް ވަރަށް މުހިއްމު މައްސަލައެއްމީ ހައްލުކުރަން. އިރާދުކުރެއްވިއްޔާ ހަމަ ސަލީމުގެވެސް، ސަލީމުގެ އިސްނެންގެވުމުގެ މަތިން މިހާރު އިނިޝިއަލް މަސެއްކަތްތައް ހިނގަމުންދާ ގޮތަށް ދާއިރުގަ ދާދި އަވަހަށް އިރާދުކުރެއްވިއްޔާ ސަރުކާރުން ހުރިހާ ހުއްދައެއް އަޅުގަނޑުމެން ދީ ވަރަށް އަވަހަށް އޭދަފުށީގަ 1000 ހައުސިންގ ޔުނިޓްގެ މަޝްރޫއެއް ފަށާނަން. އެކަން އެ ކުރިއަށް ދަނީވެސް ހަމަ ޢިއްޒަތްތެރި މަޖްލިސް މެންބަރުގެ އިޚްލާސްތެރި ބުރަ މަސައްކަތުގެ ނަތީޖާއެއްގެގޮތުން. އެހެންވީމަ ތިބޭފުޅުން ސަލީމް އެކުރައްވާ މަސައްކަތުގަ އެއްބާރުލުން ދެއްވަން އެބަޖެހޭ. ސަރުކާރަށް އެ މަޝްރޫއު ގެންއުމުގަ، ސަރުކާރުގެތެރެއިން ހުއްދަތައް ހޯދުމަށްޓަކާ އެ ފެށިގެން ދިޔަ އިނިޝިއަލް މަރުޙަލާގެ ތެރެއިން ހުރިހާ ކަމެއްގައި އިސްނެންގެވީ ތިބޭފުޅުންގެ ޙައްޤުގަ މަޖިލިސް މެންބަރު.
1000 ހައުސިންގ ޔުނިޓް މީ ރަށަށް އަދި ދާއިރާއަށް އަދި އަތޮޅަށް ވެސް އޭގެ ފައިދާ ވާނެކަމެއް. އެހެންވީމަ މި މަޝްރޫއުގެ ސަބަބުން އިރާދުކުރެއްވިއްޔާ ގެދޮރުގެ މައްސަލަ ދާއިރާގަ ހައްލުވާނެ. ހައްލުވާން ބޮޑު ހައްލެއް ލިބިގެންދާނެ. ދެންވެސް އެބަހުރި ގިނަގުނަ ވަޢުދުތަކެއް އަޅުގަނޑުމެން ވެފަ. އެހެންމަ މި ހުރިހާ ވަޢުދުތަކެއް ފުއްދުމުގަ އަޅުގަނޑު ހަމަ ތަކުރާރުނުކޮށް ހުރިހާ ދާއިރާއަކުން ތަޢުލީމު، ސިއްޙީ، ކުޅިވަރުގެ ދާއިރާ، ޢުމްރާނީ ތަރައްޤީގެ އެކިކަހަލަ ކަންތައްތައް އެބަހުރި ކުރަން. އެހެންވީމަ މި ހުރިހާ ކަމެއް ކުރިއަށް ގެންދިއުމުގަ ރައްޔިތުންގެ އެއްބަރުލުން އަޅުގަނޑަށް ހަމަ ވަރަށް ބޮޑަށް ބޭނުންވޭ. އެންމެ ގިނައިން މިވާހަކަ މި ތަކުރާރު މި ކުރަނީ އޭގެ މުހިއްމުކަން ބޮޑުވީމަ.
އަޅުގަނޑުމެން އެއްބާރުލުން، އަޅުގަނޑުމެން ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ބޭނުންވަނީ މިދެންނެވިގޮތަށް ކަންކަން ކުރަން ބޭނުންވާތީ. ކަންކަން ކޮށްދިނުމުގެ ނިޔަތުގަ އެ ޢަޒުމުގަ އަޅުގަނޑުމެން މަސެއްކަތް ކުރަނީ. އަޅުގަނޑަށް މުހިއްމުވަނީ ހަމައެކަނި ކަންކަން ކޮށްދިނުން، ނަތީޖާ ނެރެދިނުން. އެ ނަތީޖާ ނެރެދެވޭނީ އެކަމަށް ބޭނުންވާ އެއްބާރުލުން ރައްޔިތުންގެ މަޖިލިސްތެރެއިން ލިބިގެން. އެ އެއްބާރުލުން ނުދޭ، ސަރުކާރުގެ މަސެއްކަތްތަކަށް ބުރަކި ޖައްސާ، މަޑު ޖައްސާ، ހުރަސްތައް ކުރިމަތިކުރާ މަޖިލީހެއް ކުރިމަތި ކުރީމަ ދެން މިދެންނެވި ނަތީޖާ ނެރުމުގަ އަންނާނެ މަޑުޖެހުމެއް. މީ ވަރަށް ފަސޭހައިން ފަހުމްވެ ވަޑައިގަންނަވާނެ ވާހަކަފުޅެއް، ވާހަކައެއް. އެހެންވީމަ ނަތީޖާނެރުން، ބާރުސްޕީޑުގަ ގޮސް ކަންކަން ނިންމާލުން.
ވަރަށްގިނަ ވަޢުދު އަޅުގަނޑުމެން ކެމްޕެއިންތެރޭގަ ވީން، އެހުރީ ލިޔެވިފަ، އެ ވަޢުދުތައް ވީ ފުއްދަންވެގެން. އެކަންކަން 5 އަހަރުތެރޭގަ ކުރެވޭނެކަން ޤަބޫލުކުރެވޭތީ. ޢާމްދަނީއަށް ލިބޭ ފައިސާ އިތުރުކޮށްގެން އަދި އެހެނިހެން ފައިނޭންސިންގް މެކޭނިޒަމް ތެރެއިން އަޅުގަނޑުމެންނަށް އެކަންކަން ކުރެވޭނެކަން އެނގޭތީ ވަޢުދުވީ. އެކަމު، ކޮންމެ ވަޢުދެއްގަވެސް، ނޫނީ ކޮންމެ ކަމެއްގަވެސް ކޮންޑިޝަންތަކެއް ޝަރުތުތަކެއް ހުރޭ. ފުރިހަމަ ވާންޖެހޭ ކަންކަންހުރޭ. އެކަމެއް ކުރެވޭނީ މަޝްރޫއެއް ކުރިއަށް ދާއިރުގަވެސް އެ މަޝްރޫއަށް ބޭނުންވާ ކަންކަން ފުރިހަމަ ވެގެން. އޭގެތެރޭގަ މި އަންނަނީ މަޖިލީހުން ބޭނުންވާ ކަހަލަ ހުއްދަތައްތަވެސް. މަޖިލީހުގެތެރެއިން ހުއްދަ ނުދިންތާނގަ އަދި ހުރަސްވެސް ކުރިމަތިކުރެވޭތަން އާދޭ. އެހެންވީމަ މިދެންނެވި ހުރިހ ކަންކަމެއް ރައްޔިތުންނަށް ކޮށްދިނުމުގެ ޢަޒުމުގަ، ނިޔަތުގަ އަދި އެކަން ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއެކީގަ އަޅުގަނޑުމެން މިތިބީ.
އެހެންވީމަ ރައްޔިތުންގެ ކިބައިން ބޭނުންވާނީ އެކަމަށް މަގުފަހި ކޮށްލަދިނުން. މަގުފަހި ކޮށްދެވެން މިއޮތީ ވޯޓުކަރުދާހުގަ ޖަހާ ފާހަގައަކުން. އެހެންމަ މީ ތަރައްޤީގެ ފާހަގައަކަށް ހައްދަވަންއެބަޖެހޭ. ތިބޭފުޅުން 21 އޭޕްރީލްގަ ޖއްސަވާ ފާހަގައަކީ ތަރައްޤީގެ ފާހަގައަކަށް ހައްދަވާދެއްވަން އެބަޖެހޭ. ތިބޭފުޅުން 21 އޭޕްރީލްގަ ޖައްސަވާ ފާހަގައަކީ ޤައުމުގެ ހަމަޖެހުމަށް ޖައްސަވާ ފާހަގައަކަށް ހައްދަވަން އެބަޖެހޭ. އަޅުގަނޑުމެންގެ ޤައުމަށް ހަމަޖެހުން ގެންނަން އަޅުގަނޑު ބޭނުން، އަޅުގަނޑު ވަޢުދުވީން. އެކަމަކު ތާއަބަދު މި (ނެވަ އެންޑިންގ ސައިކަލެއްގެ ތެރޭގަ) އަބަދު އަބަދު، އަބަދާ އަބަދު ދެކޮޅު ހެދުމާ، އަނިޔާވެރިކަމާ، ބަދަލުހިފުމާ މިކަންކަން ހިނގާކަށް އަޅުގަނޑުބޭނުމެއް ނޫން މިދައުރުގައެއް. އެ ރޫޙު ނައްތާލަން އެބަޖެހޭ. އެ ރޫޙު ގެންގުޅޭ މީހުންނަށް ފުރުޞަތު ދެއްވާނެ ކަމެއް ނެތް. މިހާރުވެސް ޕޯޑިއަމްތަކުންނާ މައިކްތަކުން ފެންނަނީ އެކަމެއް ނުންތޯ ބައެއް ބޭފުޅުންގެ ކިބައިން. އެ ބަދަލުހިފުން، ތިމަންނައަށް ނުވި ކަންތައް ދެންހުރި މީހަކު ކުރަންޏާ އެކަން ހުއްޓުވުން. ތިމަންނަ ކުރިކަންތައް އެހެންމީހަކު އެކަންކުރިގޮތް ކިޔައިދޭން އުޅެންޏާ އެކަން ހުއްޓުވުން. މިއެއް ނޫން ޤައުމަށް ބޭނުންވާ ގޮތަކީ. އެންމެން އެކަތިގަނޑަކަށް ވާންވީ ޤައުމުގެ ޙައްޤުގަ، ރައްޔިތުންގެ ޙައްޤުގަ، އަޅުގަނޑުމެންގެ ދަރިންގެ މުސްތަޤްބަލުގެ ޙައްޤުގަ. ޤައުމަށް ހަމޖެހުން ގެންނަންވީ. ހަމަޖެހުން ގެނައުމަށްޓަކާ ދެއްވާ ފާހަގައަކަށް އެފާހަގަ ހަދަވަންއެބަޖެހޭ. އަޅުގަނޑު ބޭނުންވަނީ ޤައުމަށް ހަމަޖެހުން ގެންނަން. ޤައުމުގެ މުސްތަޤްބަލް އުޖާލާ ކުރަން. އެކަމަށްޓަކާ ދޭ ފާހަގައަކަށް އެދުވަހުގެ ފާހަގަ ހަޢްދަވަނ އެބަޖެހޭ.
އަޅުގަނޑުމެންގެ ޤައުމުގެ މިނިވަންކަން ނެތިގެން ދަނިކޮށް ރައްޔިތުން ދިވެހިންގެ ރާއްޖޭގެ ނަންދީ، ދިވެހިންގެ އަތްމައްޗަށް ޤައުމު ގެންނަން ނިންމީ. އެކަން ފުރިހަމަ ވާނީ، އެ މިނިވަންކަމާ، އެ ހިމާޔަތްތެރިކަމާ، އެ ރައްކާތެރިކަން، އަޅުގަނޑުމެންގެ އަމިއްލަ މިނިވަންކަން ރައްކާތެރިކުރެވޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑުމެންނަށް ހޯދާދިނުމަށްޓަކާ ދޭ ފަހަގައަކަށް އެ ފާހަގަ ހައްދަވަން އެބަޖެހޭ.
އެކަން އަޅުގަނޑުމެން ކުރާތީ މި ކުޑަ ދުވަސްކޮޅުގެ ތެރޭގަ އެތައް ނަތީޖާއެއް އެކަމުން ނެރެވިފަ އޮތީމަ އެކަން ޤަބޫލު ނުކުރެވިގެން ނޫނިއްޔާ އެކަން ބަދަލު ކުރަން ބޭނުންވާލެއް ބޮޑުކަމުން، ބައެއްގެ ޕްރެޝަރުގަ އަޅުގަނޑުމެންގެ މައްޗަށް އިދިކޮޅު ފަރާތްތަކުން އެ ކުރިމަތިކުރާ ކަންތައްތައް އެ އަންނަނީވެސް. ކުރީގަ ދިޔަ މިސްރާބަށް ގެންދަންބޭނުންވާތީވެ، ކުރީގަ އޮތް އަޅުވެތިކަމުގެ މިސްރާބަށް ގެންދަން ބޭނުންވާތީ. އެކަން ރައްޔިތުން ބޭނުންމެއް ނުވާނެ. އެހެންވީމަ އެހާ ބުރަ މަސައްކަތުން ދިވެހިންގެ އަތްމައްޗަށް ދިވެހިންގެ މިނިވަންކަން ގެނައުމަށް، ދިވެހިންގެ އަތްމައްޗަށް ދިވެހިންގެ އިސްތިޤްލާލް ޙިމާޔަތްކުރުމުގެ ޒިންމާ ގެނައުމަށް ރައްޔިތުން ނިންމާ ވޯޓުދިނީ.
އެހެންވީމަ، މިކަން ފުރިހަމަ ކުރުމަށް އަޅުގަނޑުމެން މި 4 މަހުތެރޭ މި ކުރި މަސެއްކަތް، ބޭރު ސިފައިން އަނބުރާ ފޮނުވާލުމަށް، އަޅުގަނޑުމެންގެ އަމިއްލަވަންތަކަން ޤާއިމް ކުރުމަށްޓަކާ މި ކުރެވުނު ގިނަ މަސައްކަތްތައް ކުރިއަށް ގެންގޮސް ދެން ކުރަން ހުރި ކަންކަންވެސް ފުރިހަމަ ކުރުމަށް، އަޅުގަނޑުމެންގެ މިބިޔަ ބޮޑު އިޤްތިޞާދީ ސަރަޙައްދު އަމިއްލަޔަށް ބެލެހެއްޓޭނެ ކެޕޭސިޓީ މިހާރު އެހެރީ ޑްރޯން ހޯދައިގެން ޤާއިމް ކޮށްފަ. އަޅުގަނޑުމެންގެ ބަލިމީހުން މިހާރު ކޮންމެވަގުތަކު އުފުލަންޖެހުނަސް އަޅުގަނޑުމެން އަމިއްލައަށް އުފުލޭނެ އެއާ އެމްބިއުލާންސް ސާވިސް ޤާއިމް ކުރެވިފަ. އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެންގެ ކަންކަން އިރާދުކުރެއްވީތީ، އަޅުގަނޑުމެންގެ ޤައުމުގަ އަޅުގަނޑުމެންނަށް އުފެއްދެން ހުރި ހުރިހާ ކާބޯތަކެތީގެ ބާވަތްތައްވެސް އުފެއްދޭނެ ބިޔަ ޕްރޮޖެކްޓް ފެށުމުގެ މަސެއްކަތް އޮތީ ފެށިފަ. މިހެންގޮސް އަމިއްލަ ވަންތަ، އަމިއްލަ މިނިވަން ޤައުމެއްގެ އިޙްސާސް ކުރުމުގެ މަސެއްކަތް ނަތީޖާ ނެރުމުގެ ތެރެއިން ފެންނަމުން ދާއިރު، އެޔަށް ދެއްވާ އެއްބާރުލުމަކަށް އެ ފާހަގަ ހައްދަވަން ޖެހޭ.
އެހެންވީމަ ޤައުމުގެ ހަމަޖެހުން ޤާއިމްކުރުމަށާ، ޤައުމުގެ ތަރައްޤީ ހޯދުމަށާ، ޤައުމުގެ ރައްކާތެރިކަން ޔަޤީންކުރުމަށް ދެއްވާ ފާހަގައަކަށް 21 އޭޕްރީލްގެ ފާހަގަ ހައްދަވާދެވޭތޯ ރައްޔިތުން ކިބައިން އަޅުގަނޑު ނުހަނު އިޚްލާސްތެރިކަމާ އަދަބުވެރިކަމާއެކީ ދަންނަވަން. އަޅުގަނޑު ޔަޤީންކުރަން އެގޮތުގަ ރައްޔިތުން ވޯޓު ދެއްވާނެކަމަށް. އެހެންވީމާ އަޅުގަނޑުމެންގެ ކެނޑިޑޭޓުން ހޮއްވަވާ ދެއްވަންވީ. އަޅުގަނޑުމެންގެ ކެނޑިޑޭޓުންގެ ވިސްނުން ހުރީ އެގޮތަށް. އަޅުގަނޑުމެންގެ ކެނޑިޑޭޓުން އެ ވަޑައިގަންނަވަނީ މި ތިން ކަންތައް ކުރަން. ހަމަޖެހުން ޤާއިމްކުރަން، ތަރައްޤީ ގެނެސްދިނުމަށް، ރައްކާތެރިކަން ޤައުމަށް ޔަޤީންކުރުމަށް. އެއީ އަޅުގަނޑުގެ ފަލްސަފާއަކީ. އަޅުގަނޑު ސަރުކާރުގެ ސިޔާސަތަކީ.
އެހެންވީމަ މިކަން ކުރުމުގަ އޭދަފުށީގެ ދާއިރާގެ ރައްޔިތުންނަށް މިއަށްވުރެ ރަނގަޅު ކެނޑިޑޭޓަކު ނުހުންނާނެ. ސަލީމް ހޮއްވެވުމަކީ ތިބޭފުޅުން ކުރައްވާނެ ކަމެއްކަން އަޅުގަނޑަށް ޔަޤީން. އަދި އިތުރު ގިއަރަކަށް މައްޗަށް ޖައްސާލައްވާފަ އިތުރބޭފުޅުންގެ ވޯޓު އިތުރު ކުރައްވައިގެން ނަތީޖާ ވަރުގަދަ ކޮށްދެއްވާ.
އާދެ އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑު މި ކުރާ މަސައްކަތުގަ ﷲ ސުބުޙަނަހޫ ވަތަޢާލާ ބަރަކާތް ލެއްވުން. އަޅުގަނޑުމެންނަކީ ހެޔޮބަސް އަހާ، ހެޔޮބަސް ޤާބޫލުކުރާ ބަޔަކު ކަމުގައި ﷲ ސުބުޙާނަހޫ ވަތަޢާލަ މިންވަރު ކުރެއްވުން. އަޅުގަނޑުމެންގެ ޤާއުމަށް އުފާ ފާގަތިކަން މިންވަރު ކުރައްވާށި. އާމީން.
ވައްސަލާމް އަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުން