ތަފާތު ރޯގާތަކުން ސަލާމަތްކޮށްދީ، ކެންސަރު ޖެހުން ދުރުކޮށްދޭ ރަހަމީރު އަލަނާސި- އިނގުރު ޖޫސް-

އަހުމަދު
ކިޔުމަށް ހޭދަވާނީ 50ސ
ތަފާތު ރޯގާތަކުން ސަލާމަތްކޮށްދީ، ކެންސަރު ޖެހުން ދުރުކޮށްދޭ ރަހަމީރު އަލަނާސި- އިނގުރު ޖޫސް-

ބޭނުންވާ ތަކެތި: 

1 އަލަނާސި ހެޔޮވަރުގެ

ބޮޑު އިނގުރުކޮޅެއް

2 ލުނބޯ

1 ސައިސަމުސާ މުގުރި ފޮނިތޮށި

ކަރަންފޫކޮޅެއް

އަސްލު މާމުއިފޮދެއް (އެމީހަކަށް މީރުވާވަރަށް ރަހަލާނެ ވަރުގެ) 

ތައްޔާރުކުރާނެ ގޮތް:  

ފުރަތަމަ އަލަނާސި މަށައި 4 ފޮތްޗަށް ފޮތިކޮށްލާށެވެ. ގްރިލްއަކަށްލައި ކުޑަކޮށް ފިހެލާށެވެ. އިގުރުކޮށައި އިނގުރާއި އަލަނާސި، ކަރަންފޫ އަދި ފެންފޮދެއް އަޅައި މިކްސަރަކުން ގިނައިލުމަށްފަހު ފުރާނާލާށެވެ. 

ފުރާނާލުމަށްފަހު ލުނބޯހުތާއި މާމުއި އަދި ފޮނިތޮށި (ފޮނިތޮށި ރަނގަޅީ އަމިއްލައަށް މުގުރި ފޮނިތޮށި) އަޅައި އެއްކޮށްލާށެވެ. ބޭނުންނަމަ އަދިވެސް ފުރާނައިލާށެވެ. ބުއިން އެހެރީ ތައްޔާރުވެފައެވެ. ފްރިޖްގައި ބަހައްޓައިގެންވެސް ބޭނުންކުރެވިދާނެއެވެ. 

ބައެއް މީހުން ރަހަ މީރުކުރަން 3 ތިކި އަލަނާސި އެސެންސް އެއްކުރެއެވެ. 

ބުއިން ދުވާލަކު 1، 2، 3 ފަހަރުވެސް ބޭނުންކުރެވިދާނެއެވެ. 

ލިބޭ ފައިދާތަކުގެ ތެރޭގައި:

--ތަފާތު ރޯގާތަކުން ސަލާމަތްކޮށްދިނުން

--ހުމުން ސަލާމަތްކޮށްދިނުން

--ކެންސަރުޖެހުމާއި ދުރުކުރުވުން އަދި މިނޫންވެސް ގިނަ ފައިދާތަކެއް ހިމެނެއެވެ.

މިއަދު އޮންލައިން