5 އަހަރުތެރޭ ހުރިހާ ރަށެއްގަ ނަރުދަމާގެ ނިޒާމް ޤާއިމުކުރަންވީ ވަޢުދުވެސް ދިއައީ ޗޮކްހުން! ހިންގަން ނޭނގުމާ ފައިސާނުދޭތީ ގިނަ މަޝްރޫޢުތައް ހުރީ ހުއްޓިފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 19ސ
5 އަހަރުތެރޭ ހުރިހާ ރަށެއްގަ ނަރުދަމާގެ ނިޒާމް ޤާއިމުކުރަންވީ ވަޢުދުވެސް ދިއައީ ޗޮކްހުން! ހިންގަން ނޭނގުމާ ފައިސާނުދޭތީ ގިނަ މަޝްރޫޢުތައް ހުރީ ހުއްޓިފަ!

އަދިވެސް ގިނަ މަޝްރޫއުތަކެއް އެބަހުރި، ދައިރާގެ ރަށްތަކުގައި ހިންގާ. ނަރުދަމާގެ މަސެއްކަތްތައްވެސް ފެށިފަ މިދިޔަ ސަރުކާރުގެ ފަހުކޮޅަށް ދިޔައިރުގަ ހުއްޓާލައިފަ، މިސްމެނޭޖް ކުރުމުގެ ސަބަބުން. ރައްޔިތުންނަށް، ރައްޔިތުންގެ އެކިކަހަލަ ކުންފުނިތަކަށް ސަބް ކޮންޓްރެކްޓް ކޮށްގެނެ ނުދީހުރި ފައިސާތައް ނުދެވިގެންނާ، މިކަހަލަ އެކި ކަންކަމާ ހެދި ހުއްޓިފަހުރި މަޝްރޫއުތައް އަލުން ފެށުމާއި. މިހެންގޮސް ޞިއްޙީ މަރުކަޒްތަކުގެ މަސައްކަތްތަކާއި، ޒުވާނުންނާ ގުޅިފަ ހުރި ކަންކަން. ވަރަށް މަސްވެރިކަމުގެ ދާއިރާއެއް. މަސްވެރިކަމަށް ވަރަށް މުހިއްމު ކަންތައްތައް އެބަހުރި އަޅުގަމުމެންގެ މެނިފެސްޓޯގަވެސް.  

އެހެންމަ ޖުމްލަކޮށް އަޅުގަނޑު ހަމަ މި ހުރިހާ ވާހަކައެއް މިފާހަގަ ކުރަނީ. މި ހުރިހާ މަސެއްކަތްތަކެއް ކުރުމުގަ ވަރަށް މުހިއްމު ވާނެ ސަރުކާރާ އެކީގަ ރައްޔިތުން މަޖިލީހުގެތެރެއިން މަސެއްކަތްކުރުރާނެ ކެނޑިޑޭޓުން ތިބޭފުޅުން މެންބަރުންގެ ގޮތުގައި ހޮއްވެވުން. އަތޮޅުގެ ދެންހުރި ދާއިރާތަކުގެ ރައްޔިތުން ކިބައިންވެސް މި އެދެނީ އެކަން. އަޅުގަނޑު ޔަޤީންކުރަނީ އަޅުގަނޑުމެންނަށް މި ކަންކަމުގަ އެއަބާރުލުން ދެންހުރި އަތޮޅުގެ ދާއިރާތަކުންވެސް ދެއްވާނެ ކަމަށް. އޭގެ ނަތީޖާއަކަށްވާނެ ކޮޅުމަޑޮލަކީ "ތ" އަތޮޅަކީ އިރާދުކުރެއްވީތީ، ކުރިއަށް އޮތްތަނުގަ މާޒީވެ ދިޔަތަނާ ޚިލާފަށް ތަރައްޤީގެ ރާޑަރުގެ މެދަށް ގެނެވިފައޮތް އަތޮޅަކަށްވުން. އެކަން ޙާޞިލް ކުރުމުގަ އަޅުގަނޑުގެ ޢަޒުމް ވަރަށް ވަރުގަދަ. ރައްޔިތުން އަޅުގަނޑާއެއްކޮށް ކުރިއަށް ވަޑައިގަތީމަ ނަތީޖާ އޮންނާނީ ނެރެދެވިފަ.  

ނަތީޖާ އަޅުގަނޑަށް ހުރިހާވެސް އެއްޗަކީ. ހުރިހާ ދާއިރާއެއްގަވެސް، ހުރިހާ ރަށަކަށްވެސް އަޅުގަނޑަށް މުހިއްމީ ނަތީޖަ ނެރެދިނުން. ރައްޔިތުންގެ އަތްޕުޅުގައި މި އޮތީ ހަމަ އެންމެ ކަމެއް. ފާހަގައެއް ޖަހާލުން. 93 ބޭފުޅުން، 93 މަންދޫބުން، 93 ދާއިރާއަށް ރައްޔިތުން ކުރިއަށް މިއޮތް އިންތިޚާބުގަ، މީގެ ގާތްގަނޑަކަށް 17 ދުވަސްފަހުން މި އޮންނަ އިންތިޚާބުގަ ނުކުމެ ވަޑައިގެން މި ދެންނެވި ފާހަގަ ޖައްސަވަންވީ ނަތީޖާ ނެރުމަށް ޖަހާދޭ ފާހަގަ.

ނަތީޖާ ނެރުން ރައްޔިތުންނަށް މި ލިބެނީ ކުޑަ ވަގުތުކޮޅެއް. ރައްޔިތުންގެ ކަންކަން ކުރުމުގަ، ސަރުކާރަށް މި އޮންނަ ވަގުތުކޮޅުގެ ތެރޭގަ. އަޅުގަނޑުމެން މިގޮތުގަ ތިބިއްޔާ ރައްޔިތުންނަށް ލިބޭނީ ހެވާ ލާބަކަން ރައްޔިތުން ޤަބޫލު ކުރައްވާނެ. އަޅުގަނޑު ކުރީގަ ކޮށްފަހުރި މަސައްކަތްތައް،އަޅުގަނޑަށް ލިބުނު އެކި ފުރުސަތުތަކުގަ ކުރެވޭތޯ ބެލި މަސެއްކަތް، ނެރެވިފަ ހުރި ނަތީޖާތަކަށް ބަލާ، އަދި މިދިޔަ 4 މަސްތެރޭގަ ރައްޔިތުންގެ މަޖިލީހުގެ އެޔޮއް ހުރިހާ ދަތިކަމެއްގެ ތެރެއިންވެސް، ކުރަމުންދިޔަ، ކުރަމުން މިހާރުވެސް ދާ ދަތިތަކުގެ ތެރެއިންވެސް އަޅުގަނޑުމެން އިރާދުކުރެއްވީތީ އެހެރީ ގިނަ ކަންތައްތަކެއް ކުރެވިފަ. މީގެ ކުރީގާ ނުކުރެވޭ އެކަމު ކުރެވިދާނެ، މިހާރުވެސް މަޖިލީހުގެ މެޖޯރިޓީހަމައޮވެ، އެބޭފުޅުންގެ ސަރުކާރު އަދި އޮތްއިރުގަ، ސުޕަ މެޖޯރިޓީއާ މި ހުރިހާ އެއްޗެއް އޮތް އިރުގަވެސް ކުރެވޭނެ މުހިއްމު އެތައްކަމެއް ނުކުރެވި، ނުކޮށްހުރި ކަންކަން އަޅުގަނޑުމެން މިހާރުވެސް މިވަނީކޮށްފަ މިދިޔަ ކުޑަ ދުވަސްކޮޅު ތެރޭގަ. މީ ޙަޤީގަތް ދެއްތޯ؟  

ބޮޑެތި ކަންކަންވެސް ޤައުމީ ސަލާމާތާ ގުޅޭ ކަންކަން، ޤައުމީ މިނިވަންކަމާ ގުޅޭ އިސްތިޤްލާލާ ގުޅޭ މުހިއްމު ކަންކަން، އިޤްތިޞާދީގޮތުން ޤައުމުގަ ހާލަތު އޮތް ހާލަތުން ނަގާ ކޮޅަށް ޖަހާ އަނދަވަޅުން ނަގާ މައްޗަށް ގެނައުމަށްޓަކާ މިކުރެވޭ މަސައްކަތް. އިޖްތިމާއީ ގޮތުން ރައްޔިތުންނަށް މުހިއްމުވެފައިވާ އެތައް ކަމެއް ކުރުމަށްޓަކާ މި ކުރެވޭ މަސައްކަތްތައް، މީ ނަތީޖާ. އެހެންވީމަ، މި ނަތިޖާ ނޫން އެއްޗެއް ރައްޔިތުންނަކަށް މުހިއްމެއް ނުވޭ. ރައްޔިތުން ބޭނުންވަނީ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުވާން. މުއްސަނދިކަން ލިބެން. ފުދުންތެރިކަން އިޙްސާސްވާން، ފުދުންތެރި ދިރިއުޅުމެއް އުޅެވޭ، އަބުރުވެރި ދިރިއުޅުމެއް ލިބިގެންދާން. ފުރާޅެއް ބޯމަތީގަ އޮންނަން. ގެދޮރުވެރިކަން ލިބިގެން ދާން. މިކަންކަން އަޅުގަނޑަށް މުހިއްމުވަނީ.  މި ނަތީޖ ނެރުމަށްޓަކާ މަޖިލީހުގެ ބޭނުން އަޅުގަނޑަށް މުހިއްމީ. މި ނަތީޖާ ނެރުމަށްޓަކާ މަޖިލީހުގެ ތެރެއިން ކުރަން ހުރި ކަންކަން އަޅުގަނޑަށް މުހިއްމުވަނީ. މިކަންކަން ކުރުމުގަ ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެނީ މި އެއްބާރުލުން ރައްޔިތުން ވިސްނާ ވަޑައިގެން އަޅުގަނޑަށް ދެއްވުމަށް.  

އަޅުގަނޑު ދޭ ޔަޤީންކަމަކީ ފުރިހަމަ ޔަޤީންކަމެއް. 100 ޕަސެންޓް ޔަޤީންކަމެއް އިރާދުކުރެއްވީތީ. ނަތީޖާ ރައްޔިތުން އެދޭ ގޮތަށް ރައްޔިތުން އެދޭ މިންވަރަށް، ރައްޔިތުން އެދޭ އަމާޒަށް، ރައްޔިތުން އެދިވަޑައިގަންނަވާ ހުރިހާ ކަމެއް އިރާދުކުރެއްވިއްޔާ އަޅުގަނޑުމެން ކޮށް ދޭނަން. އެކަންކަން ކުރުމުގަ ރައްޔިތުން އެއްބާރުލުން ދެއްވާ! 

އާދެ އަދިވެސް އެއްފަހަރު ކިނބިދޫ ދާއިރާގެ ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެނީ އަޝްރަގް ހޮއްވެވުމުގަ އެކަތިގަނޑަކަށް ވެވަޑައިގަންނަވާށޭ. އެއް ރޫޙެއްގަ ނުކުމެ ވަޑައިގަންނަވާށޭ. ދާއިރާގެ ރައްޔިތަކު ހޮވުމަށް ލިބުނު ފުރުޞަތު މީ. ދާއިރާގެ ރައްޔިތަކު ފަޚުރުވެރިކަމާއެކީގަ ގޮނޑީގަ ބޭންދުމަށް ލިބުނު ރަނުގެ ފުރުސަތުގެ ބޭނުނަ ހިއްޕަވާ. ދާއިރާގެ ތަރައްޤީއަށް، ދާއިރާގެ ވިންދު ހިނދާ، ދާއިރާގެ ކަންކަން އިހްސާސްވާ އެކަންކަމުގެ ތެރޭގަ އުޅުއްވާ، އެކަންކަން އެނގިވަޑައިގަންނަވާ، ޒުވާނުންނާ އެކީގަ އުޅުއްވާ، ޒުވާނުންގެ ފަރާތުން ވާހަކަދެކެވޭ ރައްޔިތުންގެ ބޭފުޅަކު ހޮއްވަވައިގެން އަޅުގަނޑަށް ލިބެން އަޅުގަނޑު މި އެދޭ އެއްބާރުލުން އަޅުގަޑަށް ދެއްވާނެ  ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އޮތް، ރައްޔިތުންގެ ތަރައްޤީއަށް ފުރިހަމައަށް މަސައްކަތް ކުރައްވާނެ ކެނޑިޑޭޓެއް ހޮވުމަށް ލިބުނު ފުރުޞަތު އަޝްރަޤު ހޮވުމަށް މި ލބޭ ފުރުޞަތަކީ. އެކަން ކުރެއްވުމަށް އަޅުގަނޑު ތަކުރާރުކޮށް އެދެން! 

އާދެ ، އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަކީ ހެޔޮބަސް އަހާ ހެޔޮބަސް ޤަބޫކުކުރާ ބައެއްކަމުގަ ﷲ ސުބުޙާނަހޫ ވަތަޢާލާ މިންވަރު ކުރެއްވުން. އަޅުގަނޑުމެންގެ ޤައުމުގެ ކަންކަން ނިންމުމުގަ އަޅުގަނޑުމެންނަނަކީ ހެޔޮ ވިސްނުން އިސްކޮށް ހެޔޮގޮތުގަ ކަންކަން ފައިސްލާ ކުރާ ބައެއްކަމުގަ މިންވަރު ކުރެއްވުން. އަޅުގަނޑުމެންގެ ޤައުމަށް އަދަށްވުރެ ފަހި، ފާގަތި މާދަމައެއް މިންވަރު ކުރައްވާށި.

ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު. 

- ރައީސުލްޖުމްހޫރިއަޔް ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުން

 

މިއަދު އޮންލައިން