ހިޔާ ފްލެޓް ލިބުނުކަމުގެ ލިޔުން ލިބުނު މީހުންގެ ތެރެއިން ފްލެޓް ނުލިބޭ މީހުންނަށް ފްލެޓް ލިބޭނެ: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ހިޔާ ފްލެޓް ލިބުނުކަމުގެ ލިޔުން ލިބުނު މީހުންގެ ތެރެއިން ފްލެޓް ނުލިބޭ މީހުންނަށް ފްލެޓް ލިބޭނެ: ރައީސް

ހިޔާ ފްލެޓް ލިބުނުކަމުގެ ލިޔުން ލިބުނު މީހުންގެ ތެރެއިން ފްލެޓް ނުލިބޭ މީހުންނަށް ފްލެޓް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިން "ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހިޔާ ފްލެޓް ދާއިމީ ލިސްޓުގައި ހިމެނި، މިދިޔަ ސަރުކާރުން ފްލެޓް ނުދީ ތިބި ރައްޔިތުންނަށް، މި ސަރުކާރުން ފްލެޓް ދޭނެކަމަށް ވަޢުދުވެފައިވާއިރު، އެ ފަރާތްތަކަށް ފްލެޓު ދޭނީ ކޮންއިރަކުންތޯ؟" މީހަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ހިޔާ ފްލެޓް ލިބުނުކަމުގެ ލިޔުން ލިބުނު މީހުންގެ ތެރެއިން ފްލެޓް ނުލިބޭ މީހުންނަށް މި ސަރުކާރުން ފަށާ ފުރަތަމަ ސޯޝަލް ހައުސިން މަޝްރޫޢުގެ ތެރެއިން ފްލެޓް ލިބޭނެކަމަށެވެ. އަދި މި އަހަރުތެރޭވެސް ހައުސިން އައު މަޝްރޫޢުތައް ފެށުމަށް ނިންމާފައިވާ ކަމަށާއި، މި މަޝްރޫޢުތަކުގެ ތެރެއިން އެ މައްސަލަ ހައްލުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އެފަރާތްތަކަށް ފްލެޓު ދޭނެ ކަމަށް ވާނީ ވަޢުދުވެފައި، މި ވަޢުދު ފުއްދާނަން، ވީހާވެސް އަވަހަކަށް، މި އަހަރުތެރޭވެސް އައު މަޝްރޫޢުތައް ފެށިގެންދާނެ، ހުޅުމާލެ ގުޅީފަޅު އަދި ގިރާވަރުފަޅުގައިވެސް މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށްވަނީ ނިންމާފައި، މި މަޝްރޫޢުތަކާއި އެކު ހައްލު ވާނެ،" ރައީސް ވިދާޅުވިއެވެ.

މިއަދު އޮންލައިން