އޭދަފުށީގަ 1،000 ހައުސިން ޔުނިޓްގެ މަޝްރޫއެއް ފަށަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
އޭދަފުށީގަ 1،000 ހައުސިން ޔުނިޓްގެ މަޝްރޫއެއް ފަށަނީ

ބ. އޭދަފުށީގަ ވަރަށް އަވަހަށް 1،000 ހައުސިން ޔުނިޓްގެ މަޝްރޫއެއް ފަށާނެ ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވު، ޕީއެންސީގެ ޓިކެޓްގައި އޭދަފުށި ދާއިރާއަށް ކުރިމަތިލައްވާ، އެދާއިރާގެ މިހާރުގެވެސް މެމްބަރު ސަލީމްގެ ކެމްޕޭން އިވެންޓުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެކަމަށްޓަކާ ބޭނުންވާ ހުއްދަތައްވެސް ސަރުކާރުން ވަރަށް އަވަހަށް ލިބޭނެގޮތް ހަމަޖައްސަވާ ދެއްވާނޭ ކަމުގައެވެ.

އަދި ރައީސް މުއިއްޒު ވިދާޅުވީ އެ މަސައްކަތް ކުރިޔަށް ދަނީވެސް މެމްބަރު ސަލީމްގެ އިޚްލާސްތެރި މަސައްކަތްތަކުން ކަމަށާއި، އެހެންކަމުން ސަލީމް ކުރައްވާ މަސައްކަތުގަ އެއްބާރުލުން ދެއްވަން ޖެހޭކަމުގައެވެ.

މި މަޝްރޫޢުގެ ސަބަބުން ދާއިރާގެ ގެދޮރުގެ މައްސަލަ އިރާދަކުރެއްވިއްޔާ ހައްލުވާނެ. ބޮޑު ހައްލެއް ލިބިގެންދާނެ. ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތަރައްގީގެ މިހުރިހާ މަސައްކަތްތަކެއް ކުރިޔަށް ގެންދިއުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި، އެ ވާހަކަ ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ސަރުކާރުން ނަތީޖާ ނެރެދޭން ބޭނުންވާ ކަމުގައެވެ. އަދި އެ ނަތީޖާ ނެރެދެވޭނީ ސަރުކާރަށް އެއްބާރުލުންދޭ މަޖިލީހެއް އޮވެގެން ކަމަށާއި، ބާރު ސްޕީޑުގައި ގެންގޮސް ކަންކަން ނިންމާލެވޭނީ ސަރުކާރަށް މަޖިލިހުގެ މެޖޯރިޓީ ލިބިގެން ކަމުގައެވެ.

 

މިއަދު އޮންލައިން