ރައްޔިތުން ބޭނުންވާ ކަންކަން ނުކޮށްދީ އަމިއްލަ މަސްލަހަތު އިސްކުރާ ކޮންމެ ކަމެއްގައި ވޯޓުދޭން ދެކޮޅުހަދާ މެންބަރުން މަޖިލިހުގައި ތިބެގެން ރައްޔިތުން އެދޭފަދަ ނަތީޖާއެއް ނުނެރެވޭނެ: ރައީސް

އަހުމަދު
ކިޔުމަށް ހޭދަވާނީ 3މ 23ސ
ރައްޔިތުން ބޭނުންވާ ކަންކަން ނުކޮށްދީ އަމިއްލަ މަސްލަހަތު އިސްކުރާ ކޮންމެ ކަމެއްގައި ވޯޓުދޭން ދެކޮޅުހަދާ މެންބަރުން މަޖިލިހުގައި ތިބެގެން ރައްޔިތުން އެދޭފަދަ ނަތީޖާއެއް ނުނެރެވޭނެ: ރައީސް

ރައްޔިތުން ބޭނުންވާ ކަންކަން ނުކޮށްދީ އަމިއްލަ މަސްލަހަތު އިސްކުރާ ކޮންމެ ކަމެއްގައި ވޯޓުދޭން ދެކޮޅުހަދާ މެންބަރުން މަޖިލިހުގައި ތިބެގެން ރައްޔިތުން އެދޭފަދަ ނަތީޖާއެއް ނުނެރެވޭނެ ކަމުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ،

ރައީސް މުއިއްޒު މިހެން ވިދާޅުވީ ޕީއެންސީގެ ފަރާތުން ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ކިނބިދޫ ދާއިރާ އަށް ވާދަކުރައްވާ ކެނޑިޑޭޓް އަލީ އަޝްރަގްގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. 

ރޭގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި، ކިނބިދޫ ދާއިރާގެ ފަސްރަށުގެ ރައްޔިތުންގެ ކިބައިން ރައީސް އެދިވަޑައިގެންނެވީ މިހާރު ކުރަމުން ގެންދާ މަސައްކަތް އިތުރު ހަރުުފަތްތަކަކަށް މައްޗަށް ޖައްސައި ދާއިރާގެ ގޮނޑި އެމަނިކުފާނުގެ ފުރިހަމަ ސައްތައިން ސައްތަ ޔަގީންކަމާއި އިތުބާރު އޮތް ކިނބިދޫ ދާއިރާ އަށް ވާދަކުރައްވާ ކެނޑިޑޭޓް އަލީ އަޝްރަގް ހޮއްވަވައިދެއްވުމަށެވެ. ކިނބިދޫ ދާއިރާގެ ތަރައްގީއަށް ޖުމްލަކޮށް ތ އަތޮޅުގެ ތަރައްގީއާއި ރައްޔިތުންނަށްޓަކައި ކުރަން ހުރި ހުރިހާ ކަމެއްގައި ފުރިހަމަ އިސްކަމެއް ދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ، އެކަން އަމަލީ ގޮތުން ކުރެވޭނީ މަޖިލިހުގެ ތެރޭގައި އަތޮޅުގެ ހުރިހާ ދާއިރާއަކަށް މިސަރުކާރުގެ ކެންޑިޑޭޓުން ހޮއްވަވައިދެއްވިގެން ކަމަށެވެ. ރައީސް ވިދާޅުވީ ކުރިއެރުން ހޯދުމުގައި ނަތީޖާ ނެރުމުގައި ފަސޭހަވެފައި ތަފާތެއް ނެރެވޭނީ އޭރުންކަމަށެވެ. 

ރައީސް ވިދާޅުވީ މި ފަސްރަށުގެ ތަރައްގީއަށް ކުރަން ހުރި ގިނަ ކަންތައްތައް ހަގީގަތަކަށް ހެދޭނީ މަޖިލިހުގެ ވަރަށް ބޮޑު ދައުރެއް އޮވެގެންކަމަށެވެ. ގާތްގަނޑަކަށް ހުރިހާ މަޝްރޫއެއް ވެސް ހިންގޭނީ ބަޖެޓުފާސްކޮށްގެންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މަޖިލިހުގައި، ބަޖެޓުގައި ދާއިރާއަށް ސަރުކާރަށް އެއްބާރުލުން ނުދޭ ބޭފުޅަކު ހުރިކަމުގައިވާނަމަ ބޭނުންވާ ގޮތަށް ބޭނުންވާ މަޝްރޫއުތައް ބޭނުންވާ އަދަދުތައް ހިމަނައިގެން ފާސްކޮށްދޭނެކަމުގެ ޔަގީންކަމެއް ނޯންނާނެ ކަމަށެވެ. 

ރައީސް ވިދާޅުވީ ކިނބިދޫ ދާއިރާގެ ރަށްތަަކަށް ކުރިއަށް އަހަރުތަކުގައި ކުރިއަށް ގެންދަން ހުރި މަޝްރޫއުތަކުގައިވެސް ބޭނުންގޮތަކަށް ބަޖެޓަށް ވޯޓުދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށެވެ. ހަމަމިއާއެކު ރައީސް ވިދާޅުވީ ދާއިރާތަކުގެ ތަރައްގީއަށް، ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ، ރައްޔިތުންގެ އުއްމީދުތަކާ އެއްވަރަށް ނަތީޖާ ނެރުމަށްޓަކައި މިސަރުކާރަށް ތާއީދުކުރާ ޕީއެންސީގެ ކެންޑިޑޭޓުން ހޮވުމަކީ ވަރަށް މުހިންމުކަމެއްކަމުގައެވެ. ވަރަށް ބޮޑު ތަފާތެއް އަންނާނެ ކަމެއްކަމަށެވެ. 

ރައީސް ވިދާޅުވީ ހުރިހާވެސް އަމާޒެއް ހުރީ ނަތީޖާ ނެރެވޭ، ރިޒަލްޓް އޮރިއެންޓެޑް ގަވަރމެންޓެއް ހިންގެވުމަށްކަމަށާއި އެކަމަށްޓަކައި ކެމްޕެއިން ތެރޭގައިވެސް ތަކުރާރުކޮށް އެމަނިކުފާނު ވައުދު ވެވަޑައިގެންފައިވާނެކަމަށެވެެ. މީގެ ކުރިންވެސް ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އެމަނިކުފާނަށް އެކިކަހަލަ ޕްލެޓްފޯމުތަކުގައި ލިބިވަޑައިގެންނެވި ފުރުސަތުތަކުގައިވެސް މަސައްކަތް ކުރައްވާފައިވާނީ ނަތީޖާ ނެރުމަށްކަމަށެވެ. ރައްޔިތުންނަށް ބޭނުންވާ ކަންކަން އެދޭ ގޮތަށްއެއަމާޒަށް ބާރުސްޕީޑުގައި ހާސިލުވެ ވާސިލުވެގެންދާނީ މަޖިލިހުގައި އެކަންކަމަށް އެއްބާރުލުން ދޭނެ ބޭފުޅުން ތިބެގެން ކަމަށެވެ. 

ރައީސް ވިދާޅުވީރައްޔިތުން ބޭނުންވާ ކަންކަން ނުކޮށްދީ އަމިއްލަ މަސްލަހަތު އިސްކުރާ ކޮންމެ ކަމެއްގައި ވޯޓުދޭން ދެކޮޅުހަދާ މެންބަރުން މަޖިލިހުގައި ތިބެގެން ރައްޔިތުން އެދޭފަދަ ނަތީޖާއެއް ނުނެރެވޭނެ ކަމަށެވެ. ތަރައްގީ ހުރީ ރޭވިފައި ކަމަށާއި މަޝްރޫއުތައް ހުރީ އެލަައިން ކުރެވިފައި ކަމަށާއި ތަރުތީބު ކުރެވިފައި ކަމަށާއި ބޭނުންވަނީ އެއްބާރުލުން ކަމަށް ރައީސް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. 

ކިނބިދޫގެ ތަރައްގީއަށް ބިންހިއްކުމުގެ މަޝްރޫއު ވަރަށް މުހިންމުކަމަށާއި އަމަލީ ގޮތުން އެމަސައްކަތް ވަރަށް އަވަހަށް ފަށަން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަން ވަރަށް އަވަހަށް ރައްޔިތުންނަށް ފެނިގެންދާނެ ކަމަށެވެ، ބިންހިއްކުމާއެކީގައި ކޯޒްވޭގެ މަސައްކަތާއި މިފަދަ އެތައް ކަމެއް ޕްލޭން ކުރެވިފައިވާކަމަށެވެ. ވެސް ކުރިއަށް ދާނެކަމަށެވެ. ހިރިލަންދޫގެ ހިނގަމުންދާ ބިންހިއްކުމުގެ މަޝްރޫއުވެސް މިހާރު ގޮސްފައި އޮތް ހިސާބުން ދެން އޮތްބައިވެސް ދާދިއަވަހަށް ނިންމާލާނެކަަމަށްވެސް ރައީސް ވިދާޅުވިއެވެ.

 

މިއަދު އޮންލައިން