ސުވާލު: އަޅުގަނޑުގެވެސް ވަރަށް މަސައްކަތުން މި ސަރުކާރު ވެރިކަމަށް މި ގެނައީ. އަޅުގަނޑުގެ ފުރިހަމަ އިތުބާރު ރައީސް އަށް އެބައޮތް. އެކަމަކު ބޭރުތެރެއިން އަޑު އެބައިވޭ ރައީސް ވަރަށް ބޮޑަށް އިތުރުފުޅު ހައްދަވާކަމަށް. އެހެންވެ، މީގެ ޙަޤީގަތަކީ ކޮބައިތޯ އަޅުގަނޑު ރައީސްގެ އަރިހުން ސާފުކޮށްލަން ބޭނުންވަނީ..
އާދެ! މި ވާގޮތަކީ އިދިކޮޅު ފަރާތްތަކުން މި ސަރުކާރުން ކުރިއަށް ގެންދާ ކަންކަމަށް ދޭނެ ޖަވާބު ނެތީމަ އެބޭފުޅުން އަމިއްލަފުޅަށް އިތުރުފުޅު ހައްދަވަނީ. ވާހަ އުފައްދަވަނީ، އުފަންކުރައްވަނީ. ތިބޭފުޅުންނަށް ފާހަގަ ކުރެއްވޭނެ އަޅުގަނޑު ކެމްޕެއިންތެރޭގަ ދެއްކި ހުރިހާ ވާހަކަތަކެއް އެހެރީ ލިޔެފަ ފޮތެއްގޮތުގަ. އޭގަ އަޅުގަނޑަށް ކޯންޗެއްތޯ އޮޅުވާލެވޭނީ. އަޅުގަނޑު މިވެނި ރަށެއްގަ ނޫނިއްޔާ މުޅި ރާއްޖެ ޝާމިލް ވާ ކަމެއްގަވިޔަސް ދެއްކި ވާހަކަ އެއޮތީ ފެންނަން.
އެހެންމަ އެއޮތީ ހެކި، ކިތާބީ ހެކި ފެންނަން އަޅުގަނޑު ދެއްކި ވާހަކައެއްވިއްޔާ. އަދި މިހާރުވެސް އަޅުގަނޑު މި ދައްކާ ހުރިހާ ވާހަކައެއް އެއީ މިގޮތަށް ސުވާލަކަށް ދޭ ޖަވާބު ވިޔަސް ލިޔުމުން އެބަ ރިކޯޑްކުރަން، ފޮތަކަށް އެބަ ތައްޔާރު ކުރަން. ހުރިހާ ޕްރެސް ކޮންފަރެންސްތަކުގަ ދޭ ޖަވާބުތައްވެސް. ހުރިހާ މީޑިއާތަކަށް ދޭ ޖަވާބުތައްވެސް އެހެރީ ފެންނަން. އަޅުގަނޑު އެއްވެސް ކަމެއް ނުފޮރުވާނަން.
އަޅުގަނޑު ދައްކާ ވާހަކައެއް ވިއްޔާ މި ދައްކަނީ އިޚްލާސްތެރިކަމާ އެކީގަ ހިތުގެ އަޑިން. ﷲ ދެކެވޮޑިގެންވާނެ ކަން، ދެނެވޮޑިގެން ވާނެކަން ހަނދާނުގަ ބަހައްޓައިގެން، އަޅުގަނޑުގެ ލަޔާގަތާއި ޤާބިލްކަން ތަންދިން އެންމެ ފުރިހަމައަކަށް ސަރުކާރުން އެކަންކަން ކުރުމުގެ ނިޔަތުގަ. އެ މަސައްކަތް އެގޮތަށް ކުރުމަށްޓަކާ.
ދެން އެގޮތަށް ކުރިއަށް ދާއިރުގަ މި ދެންނެވިހެން އިދިކޮޅު ފަރާތްތަކުން ވާހަކަތައް މި އޮޅުވާލަނީ. ހަމަ (ކޭސް ބައި ކޭސް) ކޮންމެ ކަމެއް ބެއްލެވިޔަސް ފެނިވަޑައިގަންނަވާނެ މިގޮތަށް ކަން މިކަން އޮތީ. ހަމަ ކޮންމެ ކަމެއްގަވެސް. ތި ސުވާލުގަ ވަރަށް ގިނަ ވާހަކަ ޖަވާބު ދިނުމުގެ ގޮތުން ދެއްކިދާނެ، ޖުލްމަކޮށް މި ދެންނެވީ. ކޮންމެ މައުލޫއެއް ނަންގަވައިގެން ބެއްލެވިޔަސް ފެނިވަޑައިގަންނަވާނީ، އެބެފުޅުން އެއަށް އަމިއްލަ ނެރޭޝަން އެއް ގެންނަނީ، އަމިއްލަ ވާހަކަތަކެއް އެއަށް ގެންނަނީ. ނޫނިއްޔާ މުޅިން އަލަށް އުފަން ކުރަނީ މުޅި އާ ވާހަކައެއް. އުފަން ކޮށްފަ އަޅުގަނޑު ދެއްކި ވާހަކައެއް މި ވެނި ގޮތަކަށް އަޅުގަނޑު ބަދަލު ކޮށްފިކަމަށް ދޭހަކޮށްދޭން މަސައްކަތް ކުރަނީ. އެއީ އެކަން އެ ހިނގާގޮތަކީ. އެހެންމަ އަޅުގަނޑު ކަމެއް އޮޅުވާލާ ދޮގު ހަދައިގެން ރައްޔިތުންނަށް ކަންކަމުގައި ދެރަ ދޭނެ މީހެއް ނޫން މީކީއެއް. ރައްޔިތުންގެ އިޚްލާސްތެރިކަމާ އެކީ ތެދުވެރުކަމާއެކީގަ އަމާނާތްތެރިކަމާ އެކީގަ މަސައްކަތް ކުރަނީމި.އެހެންވީމަ ތަނަކުން އަދި ވާހަކައެއް އިވުނަސް އަމިއްލަފުޅަށް އެކަން ވެރިފައި ކޮށް، ތެދު ދޮގު ބެލުމަކީ އަޅުގަނޑު އެދޭ ގޮތް. އަދި ދީނުގަވެސް އެކަން އޮތްގޮތް އެއީ.
އެހެންވީމަ އަޅުގަނޑުމެން އެންމެންނަކީވެސް ތެދުބަހުން ވާހަކަ ދައްކާ މީހުންނަށް ވާންވީ. އެންމެންނަކީވެސް ތެދުބަސް ޤަބޫލުކުރާ މީހުންނަށް ވާންވީ. ހަމަ ތަނަކުން ވާހަކައެއް އިވުނަސް އެވާހަކަ، އަދި އެއީ ކިތަންމެ މަތީ މަޤާމެއްގަ ކުރިން އުޅުއްވި ބޭފުޅަކު ދެއްކެވި ވާހަކައަކަށް ވިޔަސް އަދި މިހާރު މަޤާމެއްގަ ހުރި ބޭފުޅަކު ދައްކަވާ ވާހަކައަކަށް ވިޔަސް، އެ ވާހަކައަކީ ފޭސްވެލިޔުގަ ނޫނިއްޔާ ހަމަ ވަގުތުން ޤަބޫލު ކޮށްލަން ޖެހޭ ވާހަކައަކަށް ނުވާނެ.އަމިއްލަޔަށް އޭނަ ލޭސް ކޮށްލައްވާ.
އަޅުގަނޑު ދެއްކި ވާހަކަތައް އެހެރީ ލިޔުމުން ފެންނަން. އެހެންވީމަ އަޅުގަނޑު ވަރަށް ސާބިތު ކަމާއެކު މި ދަންނަވަނީ. އަޅގަނޑެއް ދޮގެއް ހަދާ ކަމެއް އޮޅުވާލާނެ މީހެއް ނޫންމީ.
- ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާ ޖަވާބު