ފިޠުރު ޒަކާތުގެ ގޮތުގައި 4.4 މިލިއަން ރުފިޔާ ލިބިއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 31ސ
ފިޠުރު ޒަކާތުގެ ގޮތުގައި 4.4 މިލިއަން ރުފިޔާ ލިބިއްޖެ!

ފިޠުރު ޒަކާތުގެ ގޮތުގައި 4.4 މިލިއަން ރުފިޔާ މި ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭ ލިބިފައިވާކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކާފިއެވެ.

ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން އެންމެ ގިނަ މީހުން ޒަކާތް ދައްކާފައިވަނީ ހަނޑުލުގެ ބާވަތްތަކުންނެވެ. އެގޮތުން 63389 މީހުން އާދައިގެ ހަނޑުލުން ޒަކާތް ދައްކާފައިވެއެވެ.

އަދި 14567 މީހަކު އާދައިގެ ބާސްމަތީ ހަނޑުލުން ޒަކާތް ދައްކާފައިވާއިރު 10779 މީހަކު އެންމެ މޮޅު ބާސްމަތީ ހަނޑުލުން ވަނީ ޒަކާތް ދައްކާފައެވެ. މީގެ އިތުރުން ވެސް އާޓާ ފުށާއި އާދައިގެ ފުށުން ވެސް ބައެއް ފަރާތްތަކުން ޒަކާތް ދައްކާފައިވެއެވެ.

މިއަދު އޮންލައިން