މަޖިލީހުގަ ސްޕަމެޖޯރިޓީ އޮވެ 5 އަހަރު ފާއިތުވިއިރު މާލޭގެ ރައްޔިތުންނަށް، އަދި ތަރއްޤީއަށް ކޮށްދިން ކަމެއް ނެތް! ސިޓީ ކައުންސިލުގެ ޚިދުމަތްތަކަށްވެސް އެޅީ ހުރަސް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
މަޖިލީހުގަ ސްޕަމެޖޯރިޓީ އޮވެ 5 އަހަރު ފާއިތުވިއިރު މާލޭގެ ރައްޔިތުންނަށް، އަދި ތަރއްޤީއަށް ކޮށްދިން ކަމެއް ނެތް! ސިޓީ ކައުންސިލުގެ ޚިދުމަތްތަކަށްވެސް އެޅީ ހުރަސް!

ބާކީ މިއޮތީ މިހާރު ވަރަށް ކުޑަ ދުވަސްކޮޅެއް. މި ކުޑަ ދުވަސްކޮޅުގެ ތެރޭގަ އަޅުގަނޑުމެން މި ރޫޙުގަ މަސައްކަތް ކުރަންވީ. އަޅުގަނޑު ޔަޤީންކުރަނީ މާލޭގެ ރައްޔިތުން އަޅުގަނޑަށް ކުރައްވާ އިތުބަރު، އެ އިތުބާރުގެ މައްޗަށް އަޅުގަނޑުމެންގެ ކެނޑިޑޭޓުންވެސް ކުރައްވާނެކަމަސް އިތުބާރު

އެއީ، ފުރަތަމަ މޭޔަރަކަށް އަޅުގަނޑު ހޮވާފަ، މޭޔަރުގެ ޒިންމާ އަދާކުރުމުގަ. ދެން އޭރުގެ ސަރުކާރުން އެއްބާރުލުން ނުދިނީމަ ނުކުރެވުނު ކަންކަން ކުރުމަށްޓަކައި ސަރުކާރު ރައްޔިތުން އަޅުގަނޑަށް (މާލޭގެ ރައްޔިތުން ) ހަވާލު ކުރެއްވެވި. ދެން ސަރުކާރުން އެކަން ކުރުމުގައި ހަމަ ކޮންމެހެންވެސް މަޖިލިސް ތެރެއިން ބޭނުންވާ އެހީތެރިކަން ލިބިގެން ކުރެވޭ ކަންކަން ކުރެވޭނީ މަޖިލިސް ލިބިގެން. އެހެންވީމަ މާލޭގެ ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެނީ އަދި ޔަޤީންވެސް ކުރަނީ އަޅުގަނޑުމެންގެ ކެނޑިޑޭޓުންނަށް މިފަހަރު ވޯޓް ދެއްވާނެ ކަމަށް. 

މިދިޔަ 5 އަހަރު މި ދިޔއީ. މިތަނުގަ މިދިޔަ 5 އަހަރު ސުޕަ މެޖޯރިޓީ އޮވެގެން ކަންކަން ނުވެ، މާލެއަށް ވީކަމެއް ނޯންނާނެ ފެންނާކަށް. ދެއްކޭނެ ކަމެއް ނެތެއްނޫންތޯ. އަޅުގަނޑު އޭރުގަ މޭޔަރަކަށް ރައްޔިތުން ހޮއްވަވައިގެން  އޭރު އަޅުގަނޑުމެންނަށް ކުރެވުނު ކަމެއް އެކަނި، އެއީ ސަރުކާރުގެ އެއަބާރުލުމެއް ނުލިބި ކުރެވުނު މަދު ކަންކަމެއް ކުރެވިފަ ހުރީ. މަޖިލީސް އޮވެ، ސަރުކާރު އޮވެ، މި މާލެސިޓީ ތަރައްޤީކުރަން ލިބުނު ރަނުގެ ފުރުޞަތު އެބޭފުޅުން ސުޕަރމެޖޯރިޓީގެ ބޭނުންކޯށްގެން  ދޫކޮށްލީ. 

- ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުން

މިއަދު އޮންލައިން