އަހަރުތައް ބޭކާރުވާގޮތަށް މަޖިލީހަށް މެންބަރުން ހޮވުމަކީ ކޮށްގެންވާނެ ކަމެއްނޫން އަދި ނަމެއްގައި ގޮނޑީގަައި އިންނަ މެންބަރަކު ހޮވުމަކީ އެފޯޑް ކުރެވޭނެ ކަމެއް ނޫން: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 3މ
އަހަރުތައް ބޭކާރުވާގޮތަށް މަޖިލީހަށް މެންބަރުން ހޮވުމަކީ ކޮށްގެންވާނެ ކަމެއްނޫން އަދި ނަމެއްގައި ގޮނޑީގަައި އިންނަ މެންބަރަކު ހޮވުމަކީ އެފޯޑް ކުރެވޭނެ ކަމެއް ނޫން: ރައީސް

އަހަރުތައް ބޭކާރުވާގޮތަށް މަޖިލީހަށް މެންބަރުން ހޮވުމަކީ ކޮށްގެންވާނެ ކަމެއްނޫން ކަމަށާއި ނަމެއްގައި ގޮނޑީގަައި އިންނަ މެންބަރަކު ހޮވުމަކީ އެފޯޑް ކުރެވޭނެ ކަމެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ވިލިނގިލީ ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓު ޔަޒްމީދު އަހުމަދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ،  ކުރިއަށް އޮތް އިންތިހާބަކީ ރަށްތަކާއި ސިޓީތަކުގެ ތަރައްގީއަށް ކުރަންހުރި މަސައްކަތް ތަކުގައި ސަރުކާރަށް އެއްބާރުލުންދޭނެ މީހުން ހޮވަންވީ އިންތިޚާބެއް ކަމަށެވެ. އަދި އެކަމަށްޓަކައި އެންމެން އެކަތިގަނޑަކަށްވެ އެއްބައިވާންޖެހޭ ކަމަށެވެ. ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވީ ނަތީޖާ ނެރޭނެ ސަރުކާރެއް ގާއިމް ކުރައްވާނެ ކަމުގެ ވަޢުދު ކަމަށެވެ. އަދި އަމާޒު ހުރީ ނަތީޖާ ނެރެވޭ ސަރުކާރެއް ޤާއިމްކޮށް ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް ކަމަށް ވިދާޅުވިއެވެ.

."އެންމެ ދުވަހެއްވެސް، އެންމެ ރެއެއްވެސް ބޭކާރު ވެގެންދާކަށް އަޅުގަނޑު ބޭނުމެއް ނުވޭ އެކުރަން އޮތްކަން ކުރުމުގައި ވަގުތު ހޭދަނުކޮށް ނަތީޖާ ނެރުމުގެ މަސައްކަތް ނުކޮށް. ނަތީޖާ ނެރެވެން އޮތީ މަޖިލީހުގެ ދައުރާއި އެކީގައި. އެހެންވީމަ ބޭކާރުވެގެންދާ އަހަރުތަކަކަށް ވެގެންދާނެ ގޮތަކަށް މަޖިލީހަށް އަޅުގަނޑުމެން މެންބަރުން ހޮވުމަކީ އަޅުގަނޑުމެން އަތުން ކޮށްގެންވާނެ ކަމެއް ނޫން" ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ގައުމުގެ މަސްލަތު އިސްކޮށް ދާއިރާގެ ރަށްތަކުގެ މަސްލަހަތު އިސްކުރަންޖެހޭ ކަމަށެވެ. އަދި އެއްކޮށް އިސްކޮށްގެން އެކުވެރިކަމާއެކީގައި މަސައްކަތް ކޮށްގެން އިންތިހާބު ކާމިޔާބު ކުރުން މުހިންމު ކަމަށްވެސް ވިދާޅުވިއެވެ. އެހެން ނޫންނަމަ ސަރުކާރަށް ލިބެންހުރި މުހިންމު ގޮނޑިތަކެއް ގެއްލިގެން ދިޔުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެކަންކަމަށް ވިސްނަވައި، ކުރިއަށް އޮތް ފަސް އަހަރުގެ ތަރައްގީއާއި ދަރިންގެ މުސްތަގުބަލަށްޓަކައި ކުރާ ކަމެއް ގޮތުގައި ދެކިގެން  އެންމެން އެކުވެގެން، ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. 

"ވިލިނގިލީގެ ރައްޔިތުން އަޅުގަނޑަށް މިދިޔަ ރިޔާސީ އިންތިހާބުގައި ވަރަށް ބޮޑު ތާއީދެއް ދެއްވި އެކަމަށްޓަކައި ހިތުގެ ފުންމިނުން ޝުކުރުދަންނަވަން، ވަރަށް ބޮޑުތާއީދެއް ދެއްވީ، ތާރީހީ ގޮތުންވެސް ފާހަގަކުރެވޭ. އަޅުގަނޑު އެދެނީ އެ އެކުވެރިކަން އެޖޯޝު ކުރިއަށް ނެރުމަށް އެއެކުވެރިކަމާއެކީގައި އެންމެން އެކުގައި ވިލިނގިލީގެ ތަރައްގީއަށްޓަކައި ނުކުމެވަޑައިގެން، 21 ވަނަ ދުވަހު އޮންނަ ވޯޓުލުމުގައި، އަޅުގަނޑުގެ ސަތޭކަ ޕަސަންޓު އިތުބާރު އޮތް ފުރިހަމަ ތާއީދު އޮތް ކެންޑިޑޭޓު ނަންބަރ އެކެއް ޔަޒްމީދު ހޮއްވަވައިދެއްވުމަށް، އަޅުގަނޑުމެންގެ އަތުގައި އޮތީ، ވިލިނގިލީ ރައްޔިތުންގެ އަތްޕުޅުގައި އޮތީ މިގޮނޑި އެމްޑީޕީ އަށް ދޫކޮށްލުން، އެމްޑީޕީއަށް މިގޮނޑި ދާނެފަދަ އެއްވެސްކަމެއް ވިލިނގިލީ ރައްޔިތުން ނުކުރެއްވުމަށް އަޅުގަނޑު އެދެން، އަޅުގަނޑުގެ ފުރިހަމަ ތާއީދު އޮތް، އަޅުގަނޑުމެންގެ ޕްރައިމަރީ ކާމިޔާބުކޮށްފައިވާ ކެންޑިޑޭޓް ޔަޒްމީދު ހޮއްވަވައިދެއްވުމަކީ ވިލިނގިލީ ރައްޔިތުންގެ އަތްޕުޅުގައި އޮތްކަމެއް، އެކަން ނުކުރައްވައިފިނަމަ ހިތާމަހުރި ގޮތެއްގައި މި ދިޔަ 5 އަހަރު ދިޔަ ގޮތަށް އެ ގޮނޑީގައި ނަމެއްގައި އިންނަ މެންބަރަކު ހޮވިގެންދިއުން އެއީ އަޅުގަނޑުމެންނަށް އެފޯޑް ކުރެވޭނެ ކަމެއް ނޫންކަމުގައި އަޅުގަނޑު ގަބޫލު ކުރަނީ ވިލިނގިލީރައްޔިތުންނަށް،" ރައީސް ވިދާޅުވިއެވެ.

 

މިއަދު އޮންލައިން