ކުޅިވަރުކުޅޭ ފަރާތްތަކަށް ބޭނުންވާ ވަސީލަތާއި ތަމްރީނާޢި ފަރުވާ ފޯރުކޮށްދިނުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް: ރައީސް

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 8ސ
ކުޅިވަރުކުޅޭ ފަރާތްތަކަށް ބޭނުންވާ ވަސީލަތާއި ތަމްރީނާޢި ފަރުވާ ފޯރުކޮށްދިނުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް: ރައީސް

ކުޅިވަރުކުޅޭ ފަރާތްތަކަށް ބޭނުންވާ ވަސީލަތްތަކާއި ތަމްރީނުތައް އަދި ފަރުވާ ފޯރުކޮށްދިނުމާއި އެކަންކަން ފަހިކޮށްދިނުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"ރައީސްގެ ޖަވާބު" ޕްރޮގްރާމަށް އާންމު ރައްޔިތަކު ދެންނެވި ސުވާލަކަށް ދެއްވި ޖަވާބުދެއްވަމުން ރައިސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ކުޅިވަރުގެ ދާއިރާއަކީ ވަރަށް ބޮޑު އިސްކަމެއް ދެވިފައިވާ ދާއިރާއެއް ކަމަށެވެ. އެގޮތުން އެކަމަށް ވަކި ޚާއްޞަ ވުޒާރާއެއް އުފައްދަވައި ކުޅިވަރު ކުޅޭ ފަރާތްތަކަށް ބޭނުންވާ ވަސީލަތްތަކާއި ތަމްރީނުތައް އަދި ފަރުވާ ފޯރުކޮށްދިނުމާއި އެކަންކަން ފަހިކޮށްދިނުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން މިދާއިރާގެ ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މިހާރުވެސް އެކި ރަށްރަށުގައި އެގޮތަށް މަސައްކަތްތައް ފެށުމުގެ މަރުހަލާގައި އެދަނީ. ބައެއްތަންތާ އަމަލީ ގޮތުންވެސް ފެށިފައިވާނީ. އެހެންވީމަ ސްޕޯޓްސް އެރީނާ އަދި ވަކިވަކި ކޯޓުތައް އެޅުމަށް އިންޑޯކޯޓުތަކާއި، އަންހެން ބޭފުޅުންނަށް ޚާއްޞަކޮށް ބޭނުންވާ ހޭންޑްބޯލް ކޯޓުތައް، މިހެންގޮސް އެކިކަހަލަ ކޯޓުތައް އެޅުމަށް މިއަހަރުތެރޭ ގިނަ މަސައްކަތްތަކެއް ހިންގާނެ " ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މިއަދު އޮންލައިން