ހުއްޓިފައިހުރި މަޝްރޫޢުތައް ހިމެނޭހެން 527 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދޭ: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ހުއްޓިފައިހުރި މަޝްރޫޢުތައް ހިމެނޭހެން 527 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދޭ: ރައީސް

ހުއްޓިފައިހުރި މަޝްރޫޢުތައް ހިމެނޭހެން 527 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި އޮތް ކެންޕެއިން އެއްވުމެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިދިޔަ ސަރުކާރު ނިމުނުއިރު ފެނާއި ނަރުދަމާގެ 27 މަޝްރޫޢަކާއި، ބަނދަރު ހެދުމާއި ބިން ހިއްކުމާއި ގޮނޑުދޮށް ޚިމާޔަތްކުރުމުގެ 30 މަޝްރޫޢަކާއި، މަގުހެދުމުގެ 17 މަޝްރޫޢެއް އޮތީ ހުއްޓިފައިކަމަށެވެ. އަދި ކުޅިވަރު ވަޞީލަތްތައް ބިނާކުރުމުގެ 84 މަޝްރޫޢަކާއި، ތަޢުލީމީ ދާއިރާއާގުޅުންހުރި 90 މަޝްރޫޢެއްގެ އިތުރުން މިސްކިތްތައް ބިނާކުރުމުގެ 20 މަޝްރޫޢަކާއި، އެއަރޕޯޓުތައް ތަރައްޤީކުރުމުގެ 7 މަޝްރޫޢެއް އަދި 11 ރަށެއްގެ ބޯހިޔާވަހިކަމުގެ 220 މަޝްރޫޢެއްގެ މަސައްކަތްވެސް އޮތީ ހުއްޓިފައިކަމަށެވެ.

"ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައިވެސް ފެނިފައިވާނެ މަސައްކަތްތައް ހުރީ ހުއްޓިފައިކަން. އެއީ މިދިޔަ ސަރުކާރުގެ ތެރޭގައި. އަޅުގަނޑުމެން އައިސް ސަބަބުތައް ބެލިއިރު ހުއްޓިފައިހުރީ އެ މަޝްރޫޢުތައް ހިންގި ފަރާތްތަކަށް ދޭންޖެހޭ ފައިސާ ނުދީގެންކަން އެހުރީ ހިސާބުތަކުން ފެންނަން. 9000 މިލިއަން ރުފިޔާގެ ފައިސާ އެކިއެކި ކުންފުނިތަކަށް ދޭން ހުރި މިދިޔަ ސަރުކާރު ނިމުނުއިރު. އެ ފައިސާތައް ނުދީ ހުރީމަ ރަށްރަށުގެ މަސައްކަތްތައް ހުއްޓިފައި ހުރީ. އަޅުގަނޑުމެން އައިސް އެފަރާތްތަކަށް ފައިސާ ދޭން ފަށައިގެން މަސައްކަތްތައް އެހުރީ ފެށިފައި." ރައީސް ވިދާޅުވިއެވެ.

 

މިއަދު އޮންލައިން