މި ފަސް އަހަރުގެ ތެރޭގައި ފްޑް ސެކިއޔުރިޓީގެ މަޝްރޫގެ ނަތީޖާ ފެނި، ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ރާއްޖޭގައި އުފެއްދިގެންދާނެ: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 54ސ
މި ފަސް އަހަރުގެ ތެރޭގައި ފްޑް ސެކިއޔުރިޓީގެ މަޝްރޫގެ ނަތީޖާ ފެނި، ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ރާއްޖޭގައި އުފެއްދިގެންދާނެ: ރައީސް

މި ފަސް އަހަރުގެ ތެރޭގައި ފްޑް ސެކިއޔުރިޓީގެ މަޝްރޫގެ ނަތީޖާ ފެނި، ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ރާއްޖޭގައި އުފެއްދިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި އޮތް ކެންޕެއިން އެއްވުމެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މި ފަސް އަހަރުގެ ތެރޭގައި ފްޑް ސެކިއޔުރިޓީގެ މަޝްރޫގެ ނަތީޖާ ފެނި، ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ރާއްޖޭގައި އުފެއްދިގެންދާނެ ކަމަށާއި، އެއީ ރައްޔިތުންނަށް ލިބިގެންދާނެ ނުހަނު ބޮޑު ހިންހަމަޖެހުމަކަށްވާނެކަމަށެވެ.

"އެތައް ސަތޭކަ މިލިއަން ޑޮލަރެއް އަޅުގަނޑުމެން މި ޚަރަދު ކުރަނީ ބޭރަށް، ރާއްޖޭގެ އުފެއްދޭނެ ކާބޯތަކެތި އެތެރެކުރަން، އަޅުގަނޑުމެންގެ އިޤްތިޞާދު ހަރުދަނާވާނީ އެ ޚަރަދު ހުއްޓާލައި ރާއްޖޭގެ ތަކެތި އުފައްދައިގެން" ރައީސް ވިދާޅުވިއެވެ.

މި މަޝްރޫއަކީ އުތުރު ތިލަފަޅުގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގެ ބިންބޮޑު ރައްތަކަކަށް އަމާޒުކުރެވިގެން ކުރިއަށް ދާނެ މަޝްރޫޢުތަކެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިއަދު އޮންލައިން