ރައްޔިތުންނަށްޓަކައި ކޮށްދޭން ހުންނަ ކަންކަމުގައި މަޖިލިހުން ބަޖެޓް ފާސްނުކޮށް ކަންކަމެއް ނުކުރެވޭނެ: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 3މ 19ސ
ރައްޔިތުންނަށްޓަކައި ކޮށްދޭން ހުންނަ ކަންކަމުގައި މަޖިލިހުން ބަޖެޓް ފާސްނުކޮށް ކަންކަމެއް ނުކުރެވޭނެ: ރައީސް

ދިވެހިރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށްހެދުމަށް ކުރަމުންދާ މަސައްކަތުގައި ރައްޔިތުންގެ މަޖިލިސް ނުހަނު މުހިންމު ދައުރެއް އަދާ ކުރާ ކަމަށާއި ވަކިން ހާއްސަކޮށް ރައްޔިތުންނަށްޓަކައި ކޮށްދޭން ހުންނަ ކަންކަމުގައި މަޖިލިހުން ބަޖެޓް ފާސްނުކޮށް ކަންކަމެއް ނުކުރެވޭނެކަން ހާމަކުރައްވައި، މިސަރުކާރުން މަޖިލިހަށް ކުރިމަތިލައްވާ 93 ކެންޑިޑޭޓުންނަށް ވޯޓުދެއްވުމަށް ދިވެހިރައްޔިތުންގެ ކިބައިން ނުހަނު އިހުލާސްތެރިކަމާއެކު ރައީސް ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ. 

"ގައުމަކީ ތަރައްގީވެފައވާ ގައުމަކަށް ހެދުމަށްޓަކައި މިކުރާ މަސައްކަތުގައި ވަރަށް މުހިންމު ދައުރެއް މަޖިލިސް އަދާކުރާނެ، ވަކިން ހާއްސަކޮށް ރައްޔިތުންނަށްޓަކައި ކޮށްދޭން ހުންނަ ކަންކަމުގައި މަޖިލިހުން ބަޖެޓް ފާސްނުކޮށް ކަންކަމެއް ނުކުރެވޭނެ، މިހާރު އަޅުގަނޑުމެން މި އަމަލުކުރަމުން މިދާ ބަޖެޓު ފާސްކުރީ މިސަރުކާރުގެ ފަރާތުންނެއް ނޫން، އެތަނުގައި މިސަރުކާރުގެ ދެތިން މެންބަރުންނެއް ނޫނީ ނެތް،" 

މިސަރުކާރުން މިހާރު ކުރާ މަސައްކަތްތައް މިކުރަމުންދަނީ މިހާރު އޮތް މެޖޯރިޓީ އޮތް މަޖިލިހުން އެމްޑީޕީގެ އޭރުގެ ސަރުކާރުގެ މިނިސްޓަރު ހުށަހަޅުއްވައިގެން ދިން ފުރުސަތުގައި އެމަނިކުފާނު ވެވަޑަައިގެންނެވި ވައުދުތައް ފުއްދުމަށްޓަކައި ހިމެނުއްވި މަޝްރޫއުތައް، އެބޭފުޅުން ބޭނުންވެލެއްވި ގޮތަށް ކޮށާމަށާފައި ނިންމި ގޮތަކަށް ނިންމައިގެން ފާސްކުރި ބަޖެޓަކުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މަޖިލިހުގެ ދައުރަކީ ގައުމެއްގެ ތަރައްގީއަށް ނުހަނު މުހިންމުކަމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މަޖިލިހަކީ އެތަނަކާ ނުލައި ގައުމަކަށް ތަރައްގީ ނުގެނެސްދެވޭނެ ތަނެއްކަމަށެވެ، އެއީ ދައުލަތުގެ މާލިއްޔަތަށް ލިބޭ އާމްދަނީންކަމުގައި ވިޔަސް، ބޭރުންނަގާ ލޯނަކުން ކުރާ މަސައްކަތެއްކަމުގައި ވިޔަސް، ހިލޭހޯދާ އެހީއަކުން ކުރާ ކަމަކަށް ވިޔަސް ބަޖެޓުގައި ހިމަނައިގެންނޫނިއްޔާ އެކަމެއް ނުކުރެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ، އެހެންކަމަށްވާއިރު، ބަޖެޓު ފާސްކުރާ ތަނުގައި ތިބީ ވީވައުދުތައް ފުއްދުމަށް އެހީތެރިކަން ދޭނެ ބޭފުޅުން ނޫންކަމަށްވާނަމަ މިޙާރު އޮތް ބަޖެޓު ހަދާފައި އޮތްގޮތަށް ނުވަތަ އެއަށްވުރެވެސް އުދަނގޫދަތި ގޮތްގޮތަށް ކުރިއަށް އޮތް އަހަރުތަކުގެ ބަޖެޓު ފާސްކުރުމަކީ އެކަށީގެންވާ ކަމެއް ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ، 

"އެއީ މަޖިލިހުގެ ދައުރުގެ މުހިންމުކަން ބާރުގަދަކަން ފާހަގަވާނެ، ތަރައްގީ ހާސިލުކުރުމަށް އެތަނަކާ ނުލައި ތަރައްގީ ނުގެނެސްދެވޭނެ ތަނެއް. ރައްޔިތުންނަށް ދައުލަތުގެ މާލިއްޔަތަށް ލިބޭ އާމްދަނީންކަމުގައި ވިޔަސް، ބޭރުންނަގާ ލޯނަކުން ކުރާ މަސައްކަތެއްކަމުގައި ވިޔަސް، ހިލޭހޯދާ އެހީއަކުން ކުރާ ކަމަކަށް ވިޔަސް ބަޖެޓުގައި ހިމަނައިގެންނޫނިއްޔާ އެކަމެއް ނުކުރެވޭނެ އެކަމަކު ބަޖެޓު ފާސްކުރާ ތަނުގައި ތިބީ ވީވައުދުތައް ފުއްދުމަށް އެހީތެރިކަން ދޭނެ ބޭފުޅުން ނޫންކަމަށްވާނަމަ މިޙާރު އޮތް ބަޖެޓު ހަދާފައި އޮތްގޮތަށް ނުވަތަ އެއަށްވުރެވެސް އުދަނގޫދަތި ގޮތްގޮތަށް ކުރިއަށް އޮތް އަހަރުތަކުގެ ބަޖެޓު ފާސްކުރުމަކީ އެކަށީގެންވާ ކަމެއް، ތަރައްގީހާސިލުކުރުމުގައިވެސް ރައްޔިތުންނަށްޓަކައި ކުރަން ހުރި ކަންކަމުގައި މަޖިލިސް މުހިންމުވަނީ އެހެންވީމަ،" ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ މިފަދަ މުހިންމު ގިނަ ސަަބަބުތަކަށްޓަކައި މިސަރުކާރުން ކުރިމަތިލައްވާ 93 ކެންޑިޑޭޓުން ހޮއްވަވައި ދެއްވުމަކީ ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންގެ ކިބައިން އެމަނިކުފާނު އިހުލާސްތެރިކަމާއެކީގައި އެދިވަޑައިގަންނަވާ ކަމެއްކަމުގައެވެ. 

"އެހެންވީމަ މިދެންނެވި މުހިންމު ގިނަ ސަބަބުތަކާ ހެދި އަޅުގަނޑުމެންގެ ފަރާތުން ކުރިމަތިލައްވާފައި 93 ކެންޑިޑޭޓުން އެބަތިއްބަވާއެބޭފުޅުން ހޮއްވެވުމުގައި ކުރިންވެސް އިޝާރާތް ކުރި އަމިއްލަ މަސްލަހަތާއި އެއްވެސް ކަހަލަ އެހެން ހުރިހާ އެޖެންޑާއެއް ދޫކޮށްލައްވައި، ގައުމު އިސްކުރައްވައި އަޅުގަނޑުމެންގެ ދަރިންގެ މުސްތަގުބަލް އިސްކުރައްވާ މިމަސައްކަތަށް ދެއްވާ އެއްބާރުލެއްވުމެއްގެ ގޮތަށް އަޅުގަނޑުމެންގެ ކެންޑިޑޭޓުން ހޮއްވަވައިދެއްވުމަކީ ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންގެ ކިބައިން އިހުލާސްތެރިކަމާއެކީގައި އެދޭއެދުމެއް، ޔަގީންކުރަނީ އެގޮތުގައި ތިބޭފުޅުން އަމަލުކުރައްވަވާނެކަމަށް،" ރައީސް ވިދާޅުވިއެވެ.

 

މިއަދު އޮންލައިން