ފިޠުރު ޒަކާތް ބަލައިގަތުމުގެ ސުންގަޑިތައް ޒަކާތު ހައުސްއިން އާއްމުކޮށްފި ×

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 34ސ
ފިޠުރު ޒަކާތް ބަލައިގަތުމުގެ ސުންގަޑިތައް ޒަކާތު ހައުސްއިން އާއްމުކޮށްފި ×

ފިޠުރު ޒަކާތް ބަލައިގަތުމުގެ ސުންގަޑިތައް މޯލްޑިވްސް ޒަކާތު ހައުސްއިން އާއްމުކޮށްފިއެވެ.

ޒަކާތު ހައުސްއިން އާއްމުކޮށްފައިވާގޮތުގައި ފިޠުރު ޒަކާތް ބަލައިގަންނާނީ ބަނޑޭރި ޕޭ ފިޔަވައި އެހެން ޕްލެޓްފޯމްތަކުން އޭޕްރީލް 6 ވަނަ ދުވަހުގެ 23:59 އަށެވެ. ބަނޑޭރިޕޭ އިން ފިޠުރު ޒަކާތް ރަމަޟާންމަހުގެ ފަހު ދުވަހުގެ 18:00 އަށް ދެއްކޭއިރު، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ހޯލުގައި ބެހެއްޓިފައިވާ ކައުންޓަރުތަކުން ރަމަޟާންމަހުގެ ފަހު ދުވަހުގެ 14:00 އަށް ފިޠުރު ޒަކާތް ދެއްކޭނެއެވެ.

މީގެއިތުރުން ގޮވާމުން ފިޠުރުޒަކާތް ބަލައިގަތުން ހަމަޖެހިފައިވަނީ ރަމަޟާންމަހުގެ ފަހު ދުވަހުގެ 18:00 އަށް ކަމަށް ޒަކާތު ހައުސްއިން ވަނީ ބުނެފައެވެ.

 

މިއަދު އޮންލައިން