ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލުކުރަން ރަނގަޅު ލޭންޑް ޔޫޒް ޕްލޭނެވެސް ކުރީސަރުކާރުގަ ނެތް: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލުކުރަން ރަނގަޅު ލޭންޑް ޔޫޒް ޕްލޭނެވެސް ކުރީސަރުކާރުގަ ނެތް: ރައީސް

ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލުކުރަން ރަނގަޅު ލޭންޑް ޔޫޒް ޕްލޭނެވެސް ކުރީސަރުކާރުގަ ނެތް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގައި ރޭ ބޭއްވި ސިޔާސީ ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މުޅި ދައުލަތް ކުރީ ސަރުކާރުން ކޮންޓްރޯލް ކުރިއިރުވެސް ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ހޯދައި ނުދެވުނުކަމަށާއި އަދި ރަނގަޅު ލޭންޑް ޔޫޒް ޕްލޭނެއް ނެތި ގޮޅި ޖަހައި ބިން ދޫކޮށްފައި ހުރިކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ އެމަސައްކަތްވެސް އޭރު ސަރުކާރުން ފެށީ ދައުރުގެ ފަހުކޮޅުގައިކަމަށް ވިދާޅުވެފައެވެ.

އެހެން ނަމަވެސް އެމަނިކުފާނު ބޭނުންފުޅުވަނީ ދައުރުގެ އެންމެ ކުރީކޮޅު އެ މަސައްކަތް ފަށާއި، ދައުރު ނިމޭއިރު އެމައްސަލަ ހައްލުވެފައި އޮންނަންކަމަށާޢި އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެން އެންމެ ފުރަތަމަވެސް ފެށި އެއް މަސައްކަތަކީ ފުށިދިއްގަރުފަޅު ހިއްކަން ފެށުންކަން ރައީސް ވިދާޅުވިއެވެ. އަދި އެމަސައްކަތް ފެއްޓެވީ ހުޅުމާލެއާއި، ގިރާވަރުފަޅު އަދި ގުޅިފަޅުން މާލެ ސަރަހައްދުގެ ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ނުކުރެވޭނެކަމަށް ފެނިވަޑައިގަތުމުން ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު އޮންލައިން