ވެރިކަމާއި ހަވާލުވިއިރު ގިނަ ކުންފުނިތައް އޮތީ ބަންގުރޫޓު ވުމާއި ހަމައަށް ގޮސްފައި: ރައިސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ވެރިކަމާއި ހަވާލުވިއިރު ގިނަ ކުންފުނިތައް އޮތީ ބަންގުރޫޓު ވުމާއި ހަމައަށް ގޮސްފައި: ރައިސް

މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ގިނަ ކުންފުނިތައް އޮތީ ބަންގުރޫޓު ވުމާއި ހަމައަށް ގޮސްފައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމް ގައި "ސަރުކާރު ކުންފުނިތަކުގެ ދަރަނިތައް އަދާކުރުމަށް ގެންގުޅުއްވާ ޕްލޭނަކީ ކޮބައިތޯ؟" މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ ނިމިދިޔަ ސަރުކާރުން ކުންފުނިތައް ބޭނުންކޮށްފައިވަނީ ސިޔާސީ ބޭނުންމަށްކަމަށާއި އެކަމުގެ ސަބަބުން ގިނަ ކުންފުނިތައް ހިންގަނީ ގެއްލުމުގައި ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ އިގްތިޞާދު އޮތީ ވަރަށް ހާލުގައިކަމަށެވެ. އޭގެތެރެއިން އެންމެ ބޮޑު އެއްފަރާތަކީ ސަރުކާރު ޙިއްސާވާ ކުންފުނިތައްކަމަށް ރައީސް ވިދާޅުވިއެވެ.

"ވަރަށް ގިނަ ކުންފުނިތައް އޮތީ ބަންގުރޫޓު ވުމާއި ހަމައަށް ގޮސްފައި. ބޮޑެތި ދެތިން ކުންފުނިފިޔަވާ ފައިދާވާ ކުންފުނި މަދު. ދެން ކުންފުނިތައް ހަރުދަނާ ކުރުމަކީ އިގްތިޞާދު ހަރުދަނާކުރުމުގެ ތެރެއިން ސަރުކާރުން ސަމާލުކަން ދޭނެ އެއް ދާއިރާ" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިކަމަށް ހައްލު ހޯދުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކުން ނަގާފައިވާ ލޯނުތަކާއި ދައްކަން ޖެހޭ ދަރަނިތައް ދެއްކޭނެ ގޮތްތަކެއް އެކަމާއި ގުޅުން ހުރި ބޭންކްތަކާއި ވާހަކަ ދައްކައިގެން ކުރަމުން އަންނަކަމަށެވެ. މީގެ އިތުރުން ކުންފުނިތަކުން އާންމުންނަށް ދަރާފައިވާ ދަރަނިތައް އެއްފަހަރާއި ދެއްކޭނެ ޕްލޭންތައްވެސް ހެދިގެން ކުރިއަތް ދާކަމަށެވެ.

 

މިއަދު އޮންލައިން