މަޖިލިސް އިންތިހާބުގައި ދިވެހިރައްޔިތުންނަށް އޮތީ ދެ ޗޮއިސް: ރައީސް

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
މަޖިލިސް އިންތިހާބުގައި ދިވެހިރައްޔިތުންނަށް އޮތީ ދެ ޗޮއިސް: ރައީސް

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދިވެހިރައްޔިތުންނަށް އޮތީ ދެ ޗޮއިސް ކަމަށް ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ މިހާރު ރާއްޖޭގެ އުތުރުގެ 4 އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ އިހަވަންދޫ ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޑރ،މުހައްމަދު މުއިއްޒު ވިދާޅުވީ ޤައުމު ތަރައްޤީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މެމްބަރުންނަކީ ވަރަށް މުހިއްމު ދަޢުރެއް އަދާކުރައްވާބައެއް ކަމަށާއި ، މަޖިލީހުގައި ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ބާރު ސްޕީޑްގައި ގެންދިއުމަށް ބޭނުންވާ ބަޔަކު ތިބުން ވަރަށް ބޮޑަށް ބޭނުންވެލައްވާ ކަމަށެވެ.

އެގޮތުން އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މަޖިހަށް މީހުން އިންތިހާބުކުރުމުގައި އޮތީ ދެ ޗޮއިސް އެކެވެ.

"ކޮންމެ ހާލެއްގައި ކޮންމެވެސް ކަމެއް ކުރެވިގެން ދިއުންތޯ، ވަރަށް އެފިސެންޓްކޮށް ވަރަށް ބާރު ސްޕީޑުގައި ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުން އެދިވަޑައިގެންފައިވާ ކަންތައްތައް އަޅުގަނޑު ވައުދުވެފައިވާ ގޮތަށް ހުރިހާ ކަމެއް ބާރު ސްޕީޑުގައި ގޮސް ނިންމުންތޯ" ތަފްސީލްދެއްވަމުން ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.

އިހަވަންދޫގައި ބޭއްވި ޖަލްސާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނު އިހަވަންދޫ ރައްޔިތުންނަށް ވެ ވަޑައިގެންނެވި ހުރިހާ ވަޢުދެއްވެސް ފުއްދަވައި ދެއްވާނެ ކަމަށެވެ. އޭގެ އިތުރުން ރައީސް ވިދާޅުވީ އިހަންވަންދޫއަކީ ޑައިލިސިސް ހަދަންބޭނުންވާ ވަރަށް ގިނަބަޔަކު ދިރިއުޅެމުންދާ ރަށަކަށް ވާތީވެ ، ރަނގަޅު ހޮސްޕިޓަލެއް އިމާރާތް ކުރެވެންދެކަށްވެސް މިހާރު ހުރި ސިއްހީމަރުކަޒުގެ ތެރެއިންވެސް އެ ޚިދުމަތް ފޯރުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށެވެ.

 

މިއަދު އޮންލައިން