ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރަން އިސްލާމިކް މިނިސްޓްރީން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް އަމާޒުކޮށްގެން ހިންގަން ފަށާފައިވާ ރިސާލަތު ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އިތުރުން މުޅި ދުނިޔެއަށްވެސް އިސްލާމީ ނޫރު ފެތުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދަން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ރާއްޖޭގެ 11 ޢިލްމުވެރިން ރިސާލަތު ޕްރޮގްރާމް ދިވެހިބަހުންނާއި އިނގިރޭސިބަހުން ކުރިއަށްގެންދާނެ ކަމަށެވެ. އަދި ބޭނުމަކީ ރާއްޖޭގެ ޒުވާން ޖީލަށާއި މުޅި ދުނިޔެއަށް އިސްލާމް ދީނުގެ ހިދާޔަތް ފޯރުކޮށްދިނުން ކަމަށެވެ.
އިޝާރާތުގެ ބަސްވެސް ހިމަނައިގެން ފުރަތަމަ ތައްޔާރުކުރި އިނގިރޭސި އަދި ދިވެހި ވީޑިއޯ މިއަދު ވަނީ ޢާންމުކޮށްފައެވެ.
މިއީ ޢާއިލާއެކުގައި ތިއްބަވައިގެން ބައްލަވައިލައްވަން ވަރަށް މުހިންމު ދަރުސެއްކަން ފާހަގަކުރެވެއެވެ.
ދިވެހި ބަހުން އަޑުއެއްސެވުމަށް:
https://www.facebook.com/watch/?mibextid=oFDknk&v=7624678174222906
އިނގިރޭސިބަހުން އަޑުއެއްސެވުމަށް:
https://www.facebook.com/watch/?v=615818854037474