55 އަހަރުވުމުން ރިޓަޔަރކުރާ މުދައްރިސުންނަށް ޕެންޝަން ލިބޭ ގޮތް މިއަހަރުތެރޭ ހަދައިދޭނަން: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 51ސ
55 އަހަރުވުމުން ރިޓަޔަރކުރާ މުދައްރިސުންނަށް ޕެންޝަން ލިބޭ ގޮތް މިއަހަރުތެރޭ ހަދައިދޭނަން: ރައީސް

މުދައްރިސުންގެ ތެރެއިން 55 އަހަރުވުމުން ރިޓަޔަރކުރާ ފަރާތްތަކަށް ރިޓަޔަރ ޕެންޝަން ލިބޭ ގޮތް މިއަހަރުތެރޭ ހަދައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިރޭ ކުރިޔަށް ގެންދާ "އަހާ" ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

55 އަހަރުން ރިޓަޔަރ ކުރި ބޭފުޅުންނަށް މަހުންމަހަށް ލިބޭ ޕެންޝަނާއެކު ރިޓަޔަރ ކުރާ ޕެންޝަން ލިބޭނީ ކޮން ދުވަހަކުންތޯ އަދި މިހާރު މުއްދަތު އިތުރުކުރައްވާފައިވާ ވަގުތީ އެއް އަހަރު ދުވަހުގެ ބަދަލުގައި، މިބަދަލަކީ ދާއިމީ ބަދަލެއްގެ ގޮތުގައި ހަމަޖެހިގެންދާނީ ކޮން ދުވަހަކުންތޯ އަހުމަދު ނަބީލް އަބްދުﷲ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މިއަހަރު ތެރޭ އެ މައްސަލައަށް ރަނގަޅު ހައްލެއް ގެނެސްދޭނެ ކަމަށެވެ.

"އެއް އަހަރު ދުވަސް، މިހިނގާ އަހަރު 2024 ތެރޭގައި އެކަމާއި ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައްކޮށް ތިކަމަށް ރަނގަޅު ހައްލެއް 2025 ފެށޭ އިރަށް ގެނެސްދޭނަން،" ރައީސް ވިދާޅުވިއެވެ

 

މިއަދު އޮންލައިން