ސޮވްރީން ޑިވޮލޮޕްމަންޓް ފަންޑުގަ ހުރި ޑޮލަރުކޮޅުވެސް ވަނީ މާރުކޮށްލާފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ސޮވްރީން ޑިވޮލޮޕްމަންޓް ފަންޑުގަ ހުރި ޑޮލަރުކޮޅުވެސް ވަނީ މާރުކޮށްލާފަ!

ޑޮލަރު ލިބުމުގެ ދަތިކަން ޙައްލުކުރެވޭނީ ރާއްޖޭގެ އިޤްޠިޞާދު ރަނގަޅު ކުރެވިގެން ކަމަށާއި އިޤްޠިޞާދު ރަނގަޅުކުރަން ކުރެވެންހުރި ވަރަށް ގިނަ މަސައްކަތްތަކެއް މިސަރުކާރުން ކުރަމުން ގެންދާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އާ ސީދާ ސުވާލުކުރެވޭ ގޮތަށް މިރޭ ކުރިއަށް ގެންދާ "އަހާ" ޕްރޮގްރާމް ގައި ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުގެ ވެރިކަން ނިމިގެންދިއައީ ރައްޔިތުންނަށް ދޭންޖެހޭ 9000 މިލިއަން ރުފިޔާ (9 ބިލިއަން) ނުދީކަމަށާއި އެކަމުގެ ސަބަބުންވެސް ވަރަށް ގިނަ ދަތިތައް ކުރިމަތިވާކަމަށެވެ. "އެއިގެ އިތުރުން ދިއައީ ދައުލަތުގެ ވޮވްރިން ފަންޑުގައި ހުރި ޑޮލަރުކޮޅުވެސް މާރުކޮށްލާފައި." 

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ވެވަޑައިގެންނެވި ވަޢުދާއި އެއްގޮތަށް ފައިސާ ޗާޕްކުރުން މިހާރު ހުއްޓާލެވިފައިވާ ކަމަށާއި އެކަމަށް ވޯލްޑް ބޭންކް އާއި އައިއެމްއެފް އިން އެކަން ބަލައިގަނެ ވަރަށް ބޮޑަށް ތައްރީފްކޮސްފައިވާ ކަމަށެވެ. 

 

މިއަދު އޮންލައިން