ދައުލަތުގެ 3 ބާރު ވަކިކުރެވިފައިވީނަމަވެސް އެއްވެސް އަޞްލެއް އަސާސެއް ނެތި މަޖިލީހުން ގެންދަނީ ސަރުކާރު ހިންގަން ހުރަސް އަޅަމުން-: ރައީސް ޑރ. މުޢިއްޒު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ދައުލަތުގެ 3 ބާރު ވަކިކުރެވިފައިވީނަމަވެސް އެއްވެސް އަޞްލެއް އަސާސެއް ނެތި މަޖިލީހުން ގެންދަނީ ސަރުކާރު ހިންގަން ހުރަސް އަޅަމުން-: ރައީސް ޑރ. މުޢިއްޒު

ޤާނޫނު އަސާސީގައި ދައުލަތުގެ 3 ބާރު ވަކިކުރެވިފައިވީނަމަވެސް އެއްވެސް އަޞްލެއް އަދި އަސާސެއް ނެތި މަޖިލީހުން ގެންދަނީ ސަރުކާރު ހިންގަން ހުރަސް އަޅަމުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް އާ ސީދާ ސުވާލުކުރެވޭ ގޮތަށް މިރޭ ކުރިއަށް ގެންދާ "އަހާ" ޕްރޮގްރާމް ގައި ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ މިއީ ރައްޔިތުން ގޮތެއް ނިންމަންޖެހިފައިވާ ކަމެއް ކަމަށެވެ. 

ސަރުކާރުގެ ބައެއް ވަޒީރުންނަށް މަޖިލީހުން ރުހުން ނުދިން ކަމާއި ތަފާތު ގޮތްގޮތުން މަޖިލީހުން ފިއްތުންތައް ކުރިމަތިކުރާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރެއްވިއެވެ. 

ސަރުކާރުން ރުހުން ހޯދަން މަޖިލީހަށް ފޮނުވި ހުރިހާ ވަޒީރުންނަކީ ޝަރުޠުހަމަވާ ވަޒީރުން ކަމަށް ކޮމިޓީ މަރުޙަލާގައި ނިންމާފައިވީނަމަވެސް ރުހުން ދިނުމުގެ ޖަލްސާގައި ވޯޓުދީފައިވަނީ ކޮމިޓީގެ ނިންމުމާއި ދެކޮޅަށްކަން ވަނީ ފާހަގަކުރެވިފައެވެ. 

ރައްޔިތުންގެ އެންމެ ގިނަބައަކު އެންމެ ބޮޑަށް ކަންބޮޑުވީ އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް ރުހުން ނުދިނުމުންނެވެ. އެމަނިކުފާނަކީ އެމަޤާމަށް އެންމެ ޤާބިލު ޝަޚްޞިއްޔަތުކަން ރައްޔިތުންގެ ވަރަށް ގިނަ ބައަކު ޤަބޫލުކުރެއެވެ. އެކަން ޤަބޫލުކޮށް އެމްޑީޕީގެ ސަރުކާރުގައިވެސް ވަނީ ޑރ. ޝަހީމް އެމަޤާމާއި ޙަވާލުވެވަޑައިގެން ދެއްވުމަށް އެދިފައެވެ. 

ރައްޔިތުންގެ ގިނަ ބައަކު ޤަބޫލުކުރަނީ މަޖިލީހުން ޑރ. ޝަހީމަށް ރުހުން ނުދިނީ އެމަނިކުފާނުގެ ވަޒީރުކަމުގައި އިސްލާމީ މިނިސްޓްރީ ރަނގަޅަށް ހިނގައި ރާއްޖޭގައި އިސްލާމް ދީން ކުރިއަރައިގެންދާނެތީ އެކަމަށް ހުރަސް އަޅަން ކަމަށެވެ.

 

މިއަދު އޮންލައިން