މިސަރުކާރުން ހަފުތާ 14 ގައި ހިމެނޭ 161 ވައުދުގެ ތެރެއިން 150 ވައުދު ސަައްތައިން ސައްތަ ފުރިހަމަ ވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިހާރު ކުރިއަށް ދާ އަަހާ ފޯރަމްގެ ތެރެއިން އާންމު ރައްޔިތަކު ކޮށްލި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވެވަޑައިގެންނެވި 161 ވައުދުފުޅުގެ ތެރެއިން ސައްތައިން ސައްތަ ފުރިހަމަވެފައިވާ 150 ވައުދުގެ އިތުރުން ބާކީ އޮތް 11 ވައުދުގެވެސް 80 އިން ސައްތަ ހާސިލު ކުރެވިފައިވާ ކަމަށެވެ.
ވަޒީރުންނަށް ރުހުން ނުދިނުމާއި ރައީސް އަޒުލު ކުރުމާއި އަދިވެސް އެހެންވެސް ގޮތްގޮތުން ސަރުކާރަށް ނުފޫޒު ފޯރުވަމުން ދާކަމަށާއި އެއީ އެއްވެސް އަސާސެއް ނެތި މަޖިލިހުން ކުރަމުންދާކަމެއްކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.