ބޯހިޔާވެހިކަމުގެ މަޝްރޫއުތަކަށް "ހިޔާވެހި" ޕޯޓަލް ލޯޯންޗުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ބޯހިޔާވެހިކަމުގެ މަޝްރޫއުތަކަށް "ހިޔާވެހި" ޕޯޓަލް ލޯޯންޗުކޮށްފި

ސަރުކާރުން ހިންގާ ބޯހިޔާވެހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލުމަށް "ހިޔާވެހި" ޕޯޓަލް ލޯޯންޗުކޮށްފިއެވެ.

މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް އިފްތިތާހް ކޮށްދެއްވީ ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހްމަދާއި އިޖުތިމާއީ އަދި ޢާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. އަލީ ހައިދަރު ވިދާޅުވީ މި ޕޯޓަލްގެ ތެރެއިން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ހައުސިންގ ސްކީމް އަދި ލޯނު ސްކީމްތަކަށް އެދުމުގައި މިހާރަށްވުރެ ލުއި ފަސޭހަ ގޮތްތަކެއް ރައްޔިތުންނަށް ހޯދައިދެވޭނެކަމަށެވެ. މީގެއިތުރުން ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ފަރާތްތައް ދެނެގަތުމަށާއި ކައުންސިލްތައް މެދުވެރިކޮށް ހައުސިންގ ނީޑްސް އެސެސްމަންޓް ހެދުމަށް ހަރުދަނާ ގޮތްތަކެއް ހޯދައިދިނުމަކީވެސް ޕޯޓަލްގެ ބޭނުމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ހިޔާވެހި ޕޯޓަލް އަށް ރަޖިސްޓާވެފައިވާ ފަރާތްތައް ސްކީމަށް ހުށަހެޅުމުން އެޕްލިކޭޝަން ދަރަޖަ ކުރެވޭނެ ކަމަށާއި ބޯހިޔާވެހިކަމަށް ބޭނުންވާ ފަރާތްތައް ދެނެގަތުމާއި، ރަޖިސްޓްރީ ކުރުމާއި، އެ ފަރާތްތަކުގެ މައުލޫމާތު ރައްކާކުރުމުގެ އިތުރުން ހައުސިން އާ ގުޅޭ އެސެސްމަންޓް ކައުންސިލްތަކާއި ގުޅިގެން ހެދުމުގެ މަސައްކަތް ފެއްޓޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ޕޯޓަލް އަށް ވަނުމަށް އީފާސް މެދުވެރިކޮށް https://hiyaavehi.housing.gov.mv/ އަށް ލޮގްއިން ކުރެވޭނެ އެވެ.

މިއީ ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ މަގު ޗާޓުގައި ހިމެނިފައިވާ ކަމެކެވެ.

 

މިއަދު އޮންލައިން