ރާއްޖޭގެ ދެކުނުގެ 4 އަތޮޅައް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މާލެ ވަޑައިގެންފިއެވެ.
މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ގއ.އާއި ގދ. އަތޮޅުގެ ރަށްތަކަށެވެ.
މި ދަތުރުފުޅަކީ ރައްޔިތުންގެ ޙާލަތު ގާތުން ބެއްލެވުމަށް އެމަނިކުފާނު ފައްޓަވާފައިވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ.