މިސްކިތްތަކުގެ ޙާލަތު ދެނެގަނެގަތުމަށް "މޮސްކް މެނޭޖްމަންޓް ޕޯޓަލް" އިފްތިތާޙުކޮށްފިއެވެ.
މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިޕޯޓަލް އިފްތިތާހްކޮށްދެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާރޒް ޑރ. މުޙައްމަދު ޝުޖާޢު ޢަބްދުލް ޙަކީމެވެ.
މިޕޯޓަލްގެ އެހީގައި އިމާމުން މެދުވެރިކޮށް މިސްކިތްތަކުގެ ޙާލަތު ބަރާބަރަށް ކޮންމެ ހަފްތާއަކުވެސް ބެލޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށާއި ޕޯޓަލްއިން މިސްކިތްތަކަށް ދިމާވާ މައްސަލަތައް، ކައުންސިލަށް ރިޕޯޓުކުރެވޭނެ ކަމަށްވެސް އިސްލާމިކް މިނިސްޓް ވިދާޅުވެއެވެ.