މުޒާހަރާ ކޮށްގެން ގަދަބާރުން، ރާއްޖޭ ގައި ގާއިމްވެތިބި އިންޑިޔާ ސިފައިން ރާއްޖެއިން ބާލަން މަސައްކަތް ކުރި ނަމަ، އެއްވެސް ކަމެއް ހާސިލް ނުވީސް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ވިލިނގިލީ ރައްޔިތުންނާއި ބައްދަލު ކުރައްވައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ، މައްސަލަތައް ހައްލު ކުރުމާއި، އެ ނޫންވެސް ކަން ކަމުގައި މަޝްވަރާގެ ރިވެތި އުސޫލުން ކުރިއަށް ދިޔުމަކީ ގައުމަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށެވެ.
އެގޮތުން އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމުގައިވެސް މި ސަރުކާރުން ޢަމަލު ކުރީ މަޝްވަރާކުރުމުގެ އުސޫލު ކަމަށާ، ގަދަބާރުން އެކަން ކުރަން އުޅުނު ނަމަ، އެއްވެސް ކަމެއް ހާސިލް ނުވީސް ކަމަށެވެ.
ހުރިހާ ކަމެއްވެސް މަޝްވަރާގެ ރިވެތި އުސޫލުން ކުރިއަށް ގެންދެވުމަށް އެމާނިކުފާނު ވަނީ ރައްރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އެހެންކަމުން، އިންޑިޔާ ސިފައިން ބޭލުމަށްވެސް ޑިޕްލޮމަސީ ގެ ރިވެތި އުސޫލުގެ މަތީން، ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ފެއްޓެވި ކަމަށް ރައީސް ވިދާޅުވި އެވެ.