ސަރުކާރުގެ ޢަމާޒަކީ ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައިވެސް އަރބަން ސެންޓަރެއް ތަރައްޤީކުރުން: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ސަރުކާރުގެ ޢަމާޒަކީ ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައިވެސް އަރބަން ސެންޓަރެއް ތަރައްޤީކުރުން: ރައީސް

ސަރުކާރުގެ ޢަމާޒަކީ ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައިވެސް އަރބަން ސެންޓަރެއް ތަރައްޤީކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ގއ.ވިލިނގިލީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ޢަމާޒަކީ ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައިވެސް އަރބަން ސެންޓަރެއް ތަރައްޤީކުރުންކަމަށާއި މިއީ މާލެއަށް ބަރޯސާނުވެ އަތޮޅުތަކުންވެސް ޒަމާނީ ޚިދުމަތްތައް ލިބޭނެ ގޮތަށް ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ މަޝްރޫޢުތަކެއް ކަމަށެވެ. ރައީސް ވިދާޅުވީ ގއ.ވިލިނގިލިވެސް ވެގެންދާނީ މިފަދަ އެއް ސަރަހައްދަކަށްކަމަށެވެ.

ވިލިނގިލި ތަރައްޤީކުރާނީ އެސަރަޙައްދުގައި ތިބެގެން ފުދުންތެރި އިޤްތިޞާދެއްގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބޭގޮތަށްކަމަށް ރައީސުލްޖުމްހޫރއްިޔާ ވަނީ ވިދާޅުވެފައެވެ.

"އަބަދާއި އަބަދު ދެކެވޭ ވާހަކަތަކެއްގެ ގޮތުގައި އުންމީދުގައި ކުލަ ނުޖެހި އޮންނަ އޮތުން ވިލިނގިލީގެ ރައްޔިތުންނަށް އަޅުގަނޑު ނިމުމަކަށް ގެނެސްދޭނަން. ހަގީގަތަކަށް ހަދައި ދޭނަން. އެގޮތުގައި އަޅުގަނޑު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް އަޅުގަނޑު ދަންނަވާލަން އޮތީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުން ދިން އިތުބާރުގެ މަތީގައި ހުންނަވައި އެ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައި ދެއްވާނެ ކަމަށެވެ. ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އެމަނިކުފާނު ނުކުންނެވީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިހްލާސްތެރިކަމާ އެކީގައި ހިދުމަތް ކުރެއްވުމަށް ކަމަށެވެ.

މިއަދު އޮންލައިން