ވެރިކަމަކީ ބޮޑު ޒިންމާއަކާއި މަސްއޫލިއްޔަތެއްކަން ރައީސް ގެންދަވަނީ ސާބިތުކޮށްދެއްވަމުން: ޢަބްދުއްރަޙީމް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ވެރިކަމަކީ ބޮޑު ޒިންމާއަކާއި މަސްއޫލިއްޔަތެއްކަން ރައީސް ގެންދަވަނީ ސާބިތުކޮށްދެއްވަމުން: ޢަބްދުއްރަޙީމް

ވެރިކަމަކީ ބޮޑު ޒިންމާއަކާއި މަސްއޫލިއްޔަތެއްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ސާބިތުކޮށްދެއްވަމުން ކަމަށް ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް، މުއިއްޒު ގއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ވިލިގިންޔަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއި އެކީ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، "ރައީސް ޑރ. މުޢިއްޒު ވެރިކަމުގައި ހުންނެވީ ޢިއްޒަތަކާއި ލައްޒަތަކާއި ޝަރަފަކަށްޓަކައެއް ނޫންކަމަށް ހުވާކުރުމުގެ ކުރިން އެމަނިކުފާނު ވިދާޅުވި. ރައީސް ވިދާޅުވީ ވެރިކަމަކީ ހަވާލުކުރެވޭ އަމާނާތަކާއި ހަވާލުކުރެވޭ ޒިންމާއެއްކަމަށް. އެކަން މިއަދު ޑރ. މުޢިއްޒު ސާބިތުކޮށްދެއްވަމުން ގެންދަވަނީ." ކަމަށެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ރާއްޖެއަށް ތަރައްޤީ ގެނައުމުގައި ތަފާތު ދައްކަވާނެކަމަށާއި ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ހައްދަވާދެއްވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ގިނަ ސަރުކާރުތަކުގައި ފެނިގެން ދަނީ ދައުރު ނިމެން ކައިރިވީމަ، ދެމަހަކަށް ތިންމަހަކަށްވީމަ ބޮޑެތި މަޝްރޫއުތަކުގައި ސޮއި ކުރާތަން. ކުރިއަށް އޮތް ދައުރު އަލުން އަނބުރާ ހޯދަން ވެގެން. މިފަދަ ބޮޑު އިގްތިސޯދީ އަނދަވަޅެއްގެ ތެރޭގައު ގައުމު އޮތްއިރު ވެސް އިގްތިސޯދު ނަގައި ކޮޅަށް ޖެހުމަށްޓަކައި އެމަނިކުފާނު ކުރައްވަމުން އެގެންދާ މަސައްކަތް ކުރައްވަމުން ވެސް ރައްޔިތުންނަށްޓަކައި ވީ ވައުދުތައް ފުއްދުމުގައި އެގެންދަވަނީ އަވަދިނެތި މަސައްކަތް ކުރައްވަމުން" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

 

މިއަދު އޮންލައިން