ރާއްޖެއަކީ މެރި ކަލްޗާރ ސިނާއަތުގައި މިސަރަހައްދުގައި މުހިންމު ދައުރެއް އަދާކުރާނެ ތަނެއްގެ ގޮތުގައި ހަދާނަން: ޝިޔާމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ރާއްޖެއަކީ މެރި ކަލްޗާރ ސިނާއަތުގައި މިސަރަހައްދުގައި މުހިންމު ދައުރެއް އަދާކުރާނެ ތަނެއްގެ ގޮތުގައި ހަދާނަން: ޝިޔާމް

ދިވެހި ރާއްޖެއަކީ މެރި ކަލްޗާރ ސިނާއަތުގައި މިސަރަހައްދުގައި މުހިންމު ދައުރެއް އަދާކުރާނެ ތަނެއްގެ ގޮތުގައި ހައްދަވާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ހަފްތާ 14މަގުޗާޓުގައި ހިމެނޭ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ "މިސަރުކާރުގެ ދައުރުގެ ކުރީ ކޮޅު މިއަންނަ މަހު މިބޭއްވޭ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި އެކީގައި މެރިކަލްޗާރ ރާއްޖޭގައި ތަރައްގީކުރުމަށްޓަކައި ހުރި ޤާނޫނީ ގޮންޖެހުންތައް އަޅުގަނޑުމެން ހުޅުވާލާނަން. އަދި ދިވެހި ރާއްޖެއަކީ މެރި ކަލްޗާރ ސިނާއަތުގައި މުހިންމު ދައުރެއް މިސަރަހައްދުގައި އަދާކުރާނެ ތަނެއްގެ ގޮތުގައި މި ދިވެހި ރާއްޖެ ހަދާނަން" ކަމަށެވެ.

ރާއްޖޭން ބޭރުން މިސިނާޢަތަށް އިންވެސްޓް ކުރުމަށް ބޭނުންވާ އިންވެސްޓަރުންނަށް ދިިވެހިރާއްޖެއަކީ ފަހި މާހައުލެއްގެ ގޮތުގައި ހަދައިދޭނެކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

މިއަދު އޮންލައިން