ކުރީގެ ވެރިކަމުގައި (ރައީސް އިބްރާހީމްގެ ވެރިކަމުގައި، އެމްޑީޕީގެ ވެރިކަމުގައި) ޒަކާތު ފަންޑުން ޚަރަދުކޮށްގެން ރާއްޖޭގައި ތިބި ލޭއަޅާ ބަލީގެ ކުދިންގެ ތެރެއިން ބޯންމެރޯ ޓްރާންސްޕްލާންޓް ހަދައިދިނީ އެންމެ 9 ކުދިންނަށް ކަމާއި އަދި މިސަރުކާރުން މިހާރުވެސް 5 ކުދިންނަށް ހަދައިދީ އަދި އަހަރަކު 10 ކުދިންނަށް ހަދައިދޭނެ ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތް އައިމިނަތު ޝިރިނާ ވިދާޅުވެއްޖެއެވެ.
ޝިރިނާގެ މިބަސްފުޅާއި ގުޅިގެންވަނީ ސުވާލުތަކެއް އުފެދިފައެވެ. 5 އަހަރު ދުވަހުން އެންމެ 9 ކުދިންނަށް އެކަންކޮށްދިނީ ލޭއަޅާބަލީގެ ކުދިންނަށް އެއިރު އިސްލާމިކް މިނިސްޓްރީ ހިންގި ބައަކު ވީލޯބި ހަމަބޮޑުކަމުންތޯއެވެ؟ ނޫނީ ޤައުމުގެ ވެރިކަންކުރި ބައަކު އެކުދިން ދެކެ ވީލޯބި ބޮޑުކަމުންތޯއެވެ؟ ނޫނީ ޢަދާލަތުޕާޓީއާއި އެމްޑީޕީ އިންސާނިއްޔަތަށް ކުރާ ލޯތްބާއި ދޭ ސަމާލުކަން ބޮޑުކަމުންތޯއެވެ؟
މިއީ ކޮންމެ ދިވަހި ރައްޔިތަކުވެސް ވިސްނައިލުން ވަރަށް މުހިންމު ކަންކަމެވެ. ހަމަ އެއާއިއެކު ފާހަގަކޮށްލަން ޖެހޭކަމަކީ ރައީސް ޔާމީނުގެ ވެރިކަމުގައި އިސްލާމީ ވަޒީރަކަށް ހުންނަނަވައިގެންވެސް ހަމަ މި އަމާޒަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހަދައިދިނުމަށް ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުވަނީ ޚާއްޞަ މަސައްކަތްތަކެއް ކުރައްވާފައިކަމެވެ.
އަހަރަކު 10 ކުދިންނަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހަދައިދިނުމުގެ އެއްބަސްވުމުގައި ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން:
މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއާރޒް ޑރ. މުޙައްމަދު ޝުޖާއު
بسم الله رحمانرحيم
އާދެ މިއަދު މި ސޮއެކުރެވިގެން ދިޔަ މި ފަހުމްނާމާ އަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އާއި މިނިސްޓްރީ އޮފް ހެލްތާއި ދެމެދު ސޮއެކުރެވިގެން ދިޔަ ފަހުމް ނާމާއެއް. މި ފަހުމް ނާމާގެ ދަށުން މޯލްޑިވިއަން ބްލަޑް ސާރވިސަސްގައި ތެލެސީމިއާ ދަފްތަރުގައި ރްޖިސްޓްރީ ކުރެވިފައިވާ،ފުދުންތެރިކަން ނެތް ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން ދިވެހި ރާއްޖޭގެ ޒަކާތު ހައުސްގެ ޒަކާތު ފަންޑުން އެ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން އަޅުގަނޑުމްނެ މި ސޮއެކުރެވިގެން މި ދިޔައީ.
އިނގިވަޑައިގަންނަވާނެ ފަދައިން މިކަމަކީ ކުރިންވެސް ކުރަމުން އައި ކަމެއް. މިދިޔަ އަހަރުވެސް 5 ކުދިންނަށް މި ފުރުސަތު ވަނީ ފަހިކޮށްދީފަ. އެހެންނަމަވެސް މިއަހަރު އިރާދުކުރެއްވިއްޔާ އޭގެ ދެގުނަ އަށް އިތުރު ކުރެވިފައި މިވަނީ. 10 ކުދިންނަށް އެފުރުސަތު ފަހިކޮށްދިނުމަށް މިވަނީ ނިންމަވާފަ. ކޮންމެ ކުއްޖަކަށް އެއްމިލިއަނަށް ވުރެ ގިނަ ނުވާނެ ފަދައިން 10 ކުދިންނަށް ދިހަމިލިއަން ރުފިޔާ ޒަކާތު ފަންޑުން ހޭދަ ކުރުމަށް މިވަނީ ނިންމާފަ.
ދެން މި ކުދިން އިޚްތިޔާރު ކުރުމާއި އެ ކުދިންނަށް މި ހޭދަކުރުމާއި، މިކަންކަމާ ގުޅޭގޮތުން ހަދަންޖެހޭ އުސޫލުތައް ހެދުމާއި އެކަން ތަންފީޒު ކުރުމުގެ ހުރިހާ ޒިންމާއެއް މިވަނީ މިނިސްޓްރީ އޮފް ހެލްތާއި މަތި ކުރެވިފަ. އަޅުގަނޑު ޤަބޫލު ކުރަނީ އެކަން ވަރަށް ރަނގަޅަށް ތަރުތީބު ކުރެވިގެން ކުރިއަށް ދާނެ ކަމަށް.
އެހެންވީމާ އަޅުގަނޑުމެން މި ފުރުސަތުގައި މި ފަހުމްނާމާގައި ސޮއެ ކުރުމުގެ ކަންތައްތައް ތަރުތީބު ކޮށްދެއްވުމުގައި މިނިސްޓްރީ އޮފް ހެލްތާއި އަދި މިނިސްޓްރީގެ އެންމެހައި މުވައްޒަފުންނަށް އަޅުގަނޑުމެންގެ މި ވުޒާރާގެ މިނިސްޓަރާއި މުވައްޒަފުންގެ ނަމުގައި ވަރަށް އިޚްލާސްތެރިކަމާއި އެކު ޝުކުރު ދަންނަވަން. އަދި ވަކިން ޚާއްސަކޮށް އަޅުގަނޑުމެންގެ ޒަކާތު ހައުސްގެ ފަންޑު މެނޭޖަރ އަބްދުﷲ އަލީ އަށާއި އަދި މުޝްރިފް މުސާއިދު، ޖެނެރަލް ސައީދަށް ވެސް ވަރަށް އިޚްލާސްތެރި ކަމާއިއެކު ޝުކުރު ދަންނަވަން. އަޅުގަނޑުމެންގެ ދުޢާއަކި އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި ބަރަކާތް ލެއްވުން. މިކަމަކީ ދީނީ، އިޖްތިމާއީ، ޤައުމީ ކަމެއް. އެހެންވީމަ މިކަން އަޅުގަނޑުމެނަށް ވީހާވެސް ރަނގަޅަކަށް ކުރެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން.
ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު.
މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތް އައިމިނަތު ޝިރިނާ
بسم الله ارحما نر حيم
ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދު ކުރަން. އަދި އެކަލާންގެ ފޮނުއްވި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ޞަލަވާތާއި ސަލާމް އެދި ދުޢާ ދަންނަވަން.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ ސްޓޭޓް މިނިސްޓަރުންނާއި އަދި ޑެޕިއުޓީ މިނިސްޓަރުން. އަދި ޒަކާތު ހައުސްގެ އިސް ވެރިން، ހެލްޓް މިނިސްޓްރީގެ އިސްވެރިން. އަދި އެމް.ބީ.އެސް އަދ އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުން. އައްސަލާމް ޢަލައިކުމް
މިއަދު މި ސޮއެކުރެވުނު އެމް.އޯ އަކީ ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން ހެދުމަށް އިންތިހާއަށް ބޭނުންވެފައިވާ ކުދިންނަށް ހުޅުވިގެން ދިޔަ ފުރުސަތެއްކަން އަޅުގަނޑު ފާހަގަ ކުރަން. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އަކީ އަބަދުވެސް ތެލެސީމިއާ ކުދިންގެ ފަރުވާއަށް އެހީތެރިކަން ދެއްވުމުގައި ގެންދަވާ މިނިސްޓްރީއެއް. އެގޮތުން ތެލެސިމިއާ ކުދިން ބޯންމެރޯ ޓްރާންޕްލާންޓޭޝްންގެ އިތުރަށް އެކުދިންނަށް ބޭނުންވާ ޑެސްފެރޯލް ޕަމްޕު ފޯރުކޮށް ދިނުމުގައިވެސް އެހީތެރިކަން ދެއްވާ. މި ފުރުސަތުގައި އަޅުގަނޑު ޙާއްސަގޮތެއްގައި ފާހަގަ ކޮށް ލަން، ޒަކާތު ފަންޑުގެ އެހީގައި 2018 އިން 2023 އާ ހަމައަށް ޖުމްލަ 9 ކުއްޖަކަށް ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން ހެދިފައި ވާކަން. އަދި އަޅުގަނޑު މިއަދު އުފަލާއި އެކު ފާހަގަ ކޮށްލަން ބޭނުންވަނީ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއި ހަވަލުވެ މިހާތަނަށް 5 ކުއްޖަކަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވިފައި ވާކަން. އަދި މިއަދު މި ސޮއެ ކުރެވުނު އެއްބަސް ވުމުގެ ދަށުން ކޮންމެ އަހަރަކުވެސް 10 ކުދިންނަށް ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން ހެދުމަށް ޒަކާތު ފަންޑުގެ ދަށުން އެހީތެރިކަން ފޯރުކޮށްދެވޭނެކަން.
ތެލެސީމިއާ ކުދިންނަށް ދޭންޖެހޭ ޙިދުމަތްތައް ފަސޭހަގޮތެއްގައި މިހާރަށްވުރެ ރަނގަޅު ގޮތެއްގައި މި ޚިދުމަތް ދިނުމަށް ބާރުއަޅުއްވާތީ ދިވެހި ރާއްޖޭގެ ރައީސުލް ޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށް ވަރަށް އިޚަލާސްތެރިކަމާއި އެކު ވަރާށް ޚާއްސަ ޝުކުރެއް ދަންނަވަން. އަދި ހަމަ އެހެންމެ ތެލެސީމިއާގެ ކަންތައްތައް ވަރަށް ގާތުން ބައްލަވާ އެކަމަށް މަޝްވަރާއާއި ޚިޔާލުފުޅު ދެއްވާތީ އަޅުގަނޑުމެންގެ ހެލްތް މިނިސްޓަރ ޑރ. ޚަލީލަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވަން.
ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން މިހާ ފުރިހަމަ ގޮތެއްގައި ކުރިއަށް ގެންދެވެނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އާއި އެ މިނިސްޓްރީގެ ވެރިންގެ ފުރިހަމަ އެއްބާރުލުމާއި އެކުގައި ކަމަށްވާތީ، މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަދި ހުރިހާ މުވައްޒިފުންނަށް އިޚްލާސްތެރިކަމާއިއެކު ޝުކުރު ދަންނަވަން. އަޅުގަނޑުގެ ދުޢާއަކީ މިއަދު މި ކުރެވުނު އެމް.އޯ.ޔޫ ގެ ދަށުން ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން ގެ ޚިދުމަތްތައް ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންދިއުމަށް މާތް ﷲ ގެ ހެޔޮ ތަޢުފީގު މެދުވެރި ކުރައްވާ ތެލެސީމިއާގެ ޙާލު ރަނގަޅުވެ އަޅުގަނޑުމެން އެންމެންނަށް ހިތްހަމަ ޖެހުމާއި އުފާ ލިބިގަތުން.
ޝުކުރިއްޔާ!
ރެކޯޑިންގ އަޑުއައްސަވައިލެއްވުމަށް: (އެންމެ ފަހު 5 މިނިޓް އަޑުއައްސަވާލައްވާ!)
https://www.facebook.com/watch/live/?ref=watch_permalink&v=276379588809672