ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި، ކޮންމެ އަހަރަކު ޖުމްލަ 10 ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓްކުރުމަށް ޒަކާތު ފަންޑުން އެހީ ފޯރުކޮށްދޭން ނިންމައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި، ކޮންމެ އަހަރަކު ޖުމްލަ 10 ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓްކުރުމަށް ޒަކާތު ފަންޑުން އެހީ ފޯރުކޮށްދޭން ނިންމައިފި

ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި، ކޮންމެ އަހަރަކު ޖުމްލަ 10 ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓްކުރުމަށް ޒަކާތު ފަންޑުން އެހީ ފޯރުކޮށްދޭން ނިންމައިފިއެވެ. 

އެކަން ނިންމާފައިވަނީ ތެލަސީމިއާ ކުދިންގެ ތެރެއިން ފުދުންތެރިކަން ނެތް ފަރާތްތަކަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި މިނިސްޓްރީ އޮފް ހެލްތް އާ ދެމެދުވ މިއަދު ސޮއިކުރި ފަހުމުނާމާގައެވެ. 

އެފަހުމް ނާމާގައި ހިމެނޭ ކަންތައްތަކަކީ: 

• މި ފަހުމްނާމާގެ ދަށުން ކުރިއަށް އޮތް 05 އަހަރު ދުވަހުގެ ތެރޭގައި، ކޮންމެ އަހަރަކު ޖުމްލަ 10 ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓްކުރުމަށް އެހީ ފޯރުކޮށްދެވޭނެ.

• މި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކުއްޖަކަށް 1,000,000.00 (އެއް މިލިއަން) ރުފިޔާއަށްވުރެ އިތުރުނުވާ ގޮތުގެ މަތިން.

• 2023 ވަނަ އަހަރު ވަނީ 5 ކުދިންނަށް އެހީ ފޯރުކޮށްދީފައެވެ. އެހެންނަމަވެސް މިއަހަރުން ފެށިގެން ކޮންމެ އަހަރަކު 10 ކުދިންނަށް އެހީ ފޯރުކޮށްދިނުމަށް ވަނީ ނިންމާފައި. 5 އަހަރުގެ ތެރޭގައި 50 ކުދިންނަށް ޖުމްލަ 50 މިލިއަން ރުފިޔާ ހަރަދު ކުރެވޭނެ. 

މިފަހުމުނާމާގައި އިސްލާމި ވުޒާރާއިން ސޮއިކުރެއްވީ ވުޒާރާގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއަރޒ ޑރ. މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމް އާއި ސިއްޙީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިނިސްޓާރ އޮފް ސްޓޭޓް ފޯ ހެލްތު އާމިނަތު ޝިރުނާ އެވެ.

 

މިއަދު އޮންލައިން