އޭލެވެލް ކިޔަވާދިނުމަށް ޚާއްސަ ޓީޗަރުން ގައްދުއަށް ލިބޭނެ: އެޑިއުކޭޝަން މިނިސްޓަރ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
އޭލެވެލް ކިޔަވާދިނުމަށް ޚާއްސަ ޓީޗަރުން ގައްދުއަށް ލިބޭނެ: އެޑިއުކޭޝަން މިނިސްޓަރ

އޭލެވެލް ކިޔަވާދިނުމަށް ޚާއްސަ ޓީޗަރުން ގައްދުއަށް ލިބޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

އީސުލްޖުމްހޫރިއްޔާ ހުވަދުއަތޮޅު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގައްދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ގައްދޫގައި އޭލެވެލްގެ ކްލާސްތަކަށް އެކަށީގެންވާ ޓީޗަރުންނާއި ވަސީލަތެއް ނެތް ކަމަށާއި އަލަށް އޭލެވެލް ފެށިއިރު އެކަމަށް ތައްޔާރުކޮށްފައިވާ ޓީޗަރުން ގައްދޫއަށް ފޮނުވާފައި ނުވާކަމަށެވެ. އެހެންނަމަވެސް ރައީސްގެ އިރުޝާދާ ލަފައާއެކު ދިރާސީ އައު އަހަރު ފެށޭއިރު އޭލެވެލްއަށް ކިޔަވާދިނުމަށް ޚާއްސަ ޓީޗަރުން ގައްދުއަށް ލިބިގެންދާނެ ކަމުގެ ޔަޤީންކަން ވަޒީރުވަނީ ދެއްވާފައެވެ.

އަދި ގައްދޫގައި އޭލެވެލްއަށް ކިޔަވައިދިނުމުގެ މަސައްކަތް ހަރުދަނާކޮށް ދަރިވަރުންނަކީ ރަނގަޅު ނަތީޖާ ލިބޭނެ ދަރިވަރުންގެ ގޮތުގައި ހެދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަންވެސް ވަޒީރު ވަނީ ދެއްވާފައެވެ.

"ރައީސްގެ މަސައްކަތްޕުޅާ އިރުޝާދާއެކު މިހާރުވަނީ ކޮންޓްރެކްޓަރުންނަށް 50 މިލިއަން ރުފިޔާ ޕޭކޮށްފައި. އެއާއެކު އިތުރު 43 މިލިއަން ރުފިޔާ ދިނުމުގެ މަސައްކަތް މިހާރުދަނީ ހިނގަމުން. ޤަބޫލްކުރަނީ ގައްދޫގެ މަލްޓިޕާޕަސް ހޯލްވެސް އަދި އެހެން ރަށްރަށުގެ ހުއްޓިފައިވާ އެހެން ޕްރޮޖެކްޓްތައްވެސް އިރާދަކުރެއްވިއްޔާ ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ފައިސާ ދިނުމާއެކު ބާރު ސްޕީޑުގައި ކުރިއަށްދާނެ ކަމަށް". އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

މިއަދު އޮންލައިން