ހިންގުން ހަރުދަނާކުރުމަށް "ޓޭކް އޮފް 2024" ގެ ނަމުގައި އެމްއޭސީއެލް އިން ފޯރަމެއް ބާއްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 53ސ
ހިންގުން ހަރުދަނާކުރުމަށް "ޓޭކް އޮފް 2024" ގެ ނަމުގައި އެމްއޭސީއެލް އިން ފޯރަމެއް ބާއްވައިފި

ހިންގުން ހަރުދަނާކުރުމަށް "ޓޭކް އޮފް 2024" ގެ ނަމުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ފޯރަމެއް ބާއްވައިފިއެވެ.

"ޓޭކް އޯފް 2024" ފޯރަމަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، އަހަރުގެ މަސައްކަތްތައް އެކުލަވާލުމަށް، އެމް.އޭ.ސީ.އެލްއިން ބާއްވާ މިފަދަ ފުރަތަމަ ފޯރަމެވެ. މިފޯރަމް ބާއްވާފައި ވަނީ ކްރޮސްރޯޑްސްގައި ދެ ދުވަހުގެ މުއްދަތަށެވެ.

މިފޯރަމް ފައްޓަވައި ދެއްވުމުގެގޮތުން ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީ.އީ.އޯ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، "ހަމައެކަނި ކުރުމުއްދަތުގެ ކަންކަމަށް ފޯކަސްކޮށްގެން ކުރިޔަށް ދިޔުމަކީ މުސްތަޤްބަލު އަޅުގަނޑުމެން އަތުން ގެއްލިގެން ހިނގައިދާނެ ކަމެއް. އަޅުގަނޑުމެންނަކީ ވަރަށް ޑައިނަމިކް، މާކެޓަށް އަންނަ ބަދަލުތަކަށް ވަގުތުން ރެސްޕޮންސް ދޭން އެނގޭ ބަޔަކަށް ވާންޖެހޭނެ. ވަރަށް ގިނަ ފަހަރު ކުންފުނިތައް ފެއިލްވަނީ ދުރުވިސްނުން ނެތުމުގެ ސަބަބުން." ކަމަށެވެ.

 

 

މިއަދު އޮންލައިން