ސިޔާސީ މަގްސަދުތައް ހާސިލްކުރުމަށް ސިޔާސީ ބޭފުޅުން ހައްޔަރެއް ނުކުރާނަން: ރައިސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ
ސިޔާސީ މަގްސަދުތައް ހާސިލްކުރުމަށް ސިޔާސީ ބޭފުޅުން ހައްޔަރެއް ނުކުރާނަން: ރައިސް

ސިޔާސީ މަގްސަދުތައް ހާސިލްކުރުމަށް ސިޔާސީ ބޭފުޅުން ހައްޔަރެއް ނުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ގދ.ތިނަދޫގައި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ސިޔާސީ ބޭފުޅުން ހައްޔަރު ނުކުރައްވާނެކަމަށާއި، ރައްޔިތުންނަށް ފެންނާނީ ޤާނޫނީ ވެރިކަމެއްކުރާ މަންޒަރުކަމަށާއި އެމަނިކުފާނަށް މުހިންމީ ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަވުންކަމަށާއި ރައްޔިތުންގެ ސިޔާސީ ވިސްނުން ހުރިގޮތް ބެލުމަކީ މުހިންމުކަމެއް ނޫންކަމަށެވެ. 

ކޮންމެ ރައްޔިތެއްވެސް އެމަނިކުފާނަށް ވާނީ ހަމަހަމަކަމަށާއި، ކޮންމެ ރައްޔިތަކާމެދުވެސް ވިސްނަވާނީ އެއް ހަމައަކުންކަމަށެވެ ރައީސް ވިދާޅުވިއެވެ. އަދި ބަދަލު ހިފުމުގެ ރޫހު ރާއްޖެއިން ނެތެންޖެހޭކަމަށާއި، ސިޔާސީ ވިސްނުމުގައި ބޭއިންސާފުން ކަންކަން ކުރުން ނިމުމަކަށް އަންނަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

“ކުރީގަ އުފެދުނު ކޮންމެ ސަރުކާރެއްގަހެން ފެނުނު އެކަންތައްތައް. ހަމަ ސަރުކާރު އުފެދޭތަނުން ކޮމިޝަންތައް ހަދައި ކުރީ ސަރުކާރުގެ ސިޔާސީ ވެރިން ހައްޔަރުކުރުމާ ކަންކަން ހިނގި. އެކަމެއް އަޅުގަނޑު ނުކުރަނަން. ނަމަވެސް ޤާނުނުގެ ވެރިކަން ކުރާނަން.”ރައީސް ވިދާޅުވިއެވެ.

 

މިއަދު އޮންލައިން