9 ބިލިއަން ރުފިޔާ މިދިޔަ ސަރުކާރުން ދިވެހި ކުންފުނިތަކަށް ނުދައްކާ އޮތް: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 56ސ
9 ބިލިއަން ރުފިޔާ މިދިޔަ ސަރުކާރުން ދިވެހި ކުންފުނިތަކަށް ނުދައްކާ އޮތް: ރައީސް

9 ބިލިއަން ރުފިޔާ މިދިޔަ ސަރުކާރުން ދިވެހި ކުންފުނިތަކަށް ނުދައްކާ އޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ގދ. ފަރެސްމާތޮޑާގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިދިޔަ ސަރުކާރު ނިމުނުއިރު ރާއްޖެ އޮތީ 120 ބިލިއަން ރުފިޔާގެ ދަރަންޏެއްގައި ކަމަށެވެ. މީގެއިތުރަށް ދިވެހި ކުންފުނިތަކަށް 9 ބިލިއަން ރުފިޔާ ނުދައްކާ އޮތްކަމަށެވެ. މީގެތެރޭގައި މަސްވެރިންނަށް ސަރުކާރުން ދައްކަންޖެހޭ ފައިސާވެސް ހިމެނޭކަމަށެވެ.

"ސަރުކާރަށް އަދި 3 މަސް މިވީ. އެކަމަކު މި 9 ބިލިއަން ރުފިޔާއިން ބައެއް މިހާރު ވަނީ ދައްކާފައި. އަދި މިނިސްޓްރީތަކުންވެސް އެ އިދާރާތަކުން އާއްމުންނަށް ދައްކަންޖެހޭ ބިލްތައް އަވަހަށް ދައްކާ ޚަލާސްކުރުމުގެ މަސައްކަތް ވަނީ ފަށާފައި." ރައީސް ވިދާޅުވިއެވެ

ކުރީ ސަރުކާރުން މަސްވެރިންނަށް ނުދައްކާ ހުރި 260 މިލިއަން ރުފިޔާ މިހާރު ދައްކާ ޚަލާސްކޮށްފައިވާކަމަށާއި، ޖުމްލަ 442 މިލިއަން މިހާތަނަށް މަސްވެރިންނަށް މި ތިންމަސްތެރޭ ދައްކާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

 

މިއަދު އޮންލައިން