މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން ދޭނެ: ވަޒީރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން ދޭނެ: ވަޒީރު

މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން ދޭނެކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޝިޔާމު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުންދަނީ މަސްވެރިންނަށް ނުދެވި ހުރި ފައިސާ އަވަހަށް ދީ ނިންމުމަށްކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. އެގޮތުން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް 100 މިލިއަން ރުފިޔާ ދެއްކުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.

"280 މިލިއަން ރުފިޔާގެ ތެރެއިން 100 މިލިއަން ރުފިޔާ މިމަހުގެ 26ގެ ކުރިން ދެއްކުމަށް މި މަސައްކަތްކުރަނީ، އަދި ހުރިހާ ފައިސާއެއް މާރޗުމަހުގެ 5ގެ ކުރިން ދޭނަން، އޭގެފަހުން ހަފްތާއިން ހަފްތާއިން ފައިސާ ދޫކުރުމަށް މަސައްކަތްކުރާނަން،" ޝިޔާމު ވިދާޅުވިއެވެ.

ނިމިދިޔަ ސަރުކާރުން 17 ރުފިޔާއަށް މިފްކޯއަށް ގަންނަމުންދިޔަ މަސް ކިލޯއެއްގެ އަގު، މިފްކޯއަށް ގެއްލުންވާ ގޮތަށް 25 ރުފިޔާއަށް ބޮޑުކުރީ މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރުއެވެ. އަގަށް ބަދަލު ގެނައުމަށްފަހު ކިރުވާފައިވާ މަހަށް 250 މިލިއަން ރުފިޔާގެ މަސްވެރިންނަށް ނުދީ ހުރިކަން ވަޒީރު ޝިޔާމު ފާހަގަކުރެއްވިއެވެ.

 

މިއަދު އޮންލައިން