ﷲ އަށް ބިރުވެތިވާށެވެ! ގައަށް ބާރު، ވަނާތައް ފައުޅުވާގޮތަށް ފޭރާންލުމަކީވެސް ހަމަ އަޢުރަ ނިވާނުކުރުމެވެ!: ޝައިޚް ހޮބްލޮސް

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ﷲ އަށް ބިރުވެތިވާށެވެ! ގައަށް ބާރު، ވަނާތައް ފައުޅުވާގޮތަށް ފޭރާންލުމަކީވެސް ހަމަ އަޢުރަ ނިވާނުކުރުމެވެ!: ޝައިޚް ހޮބްލޮސް

ލޮބުވެތި ކަނބަލުންނޭވެ! ތިއަ ކަނބަލުންގެ އަޢުރަ ނިވާކުރަން ސަމާލުކަންދޭށެވެ. އަޢުރަ ނިވާކުރުމަކީ ތިއަކަނބަލުންގެ މައްޗަށް ﷲ ތަޢާލާ ވާޖިބްކުރައްވަވާފައިވާ ކަމެކެވެ. އެހެންވީމާ އެކަމުގައި ތިއަ ކަނބަލުންނަކަށް އިޚްތިޔާރެއް ނެތެވެ.  

އަޢުރަ ނިވާނުކުރާކަމަށްވަނީ ހަމައެކަނި ނިވާކަންކުޑަ ފޭރާންލުމަކުން ނޫނެވެ. ގައަށް ބާރު، ވަނާތައް އެނގޭނެ ގޮތަށް ފޭރާންލައިގެން އުޅުމަކީވެސް ހަމަ އަޢުރަ ނިވާނުކުރުމެވެ. ބުނަން ހެއްޔެވެ؟ ނިވާކަންކުޑަވާގޮތަށް ފޭރާންލައިގެން އަންހެނުން ހިލޭ އަންހެނުންގެ ކުރިމަތީގައި އުޅުމާއި އަދި ފިރިހެނުން ހިލޭ ހިލޭފިރިހެނުންގެ ކުރިމަތީގައި އުޅުމަކީވެސް ހަމަ ޙަރާމް ކަމެކެވެ.  

މިފަދަ މައްސލަތަކަކީ މީގެ 20، 10 އަަހރުކުރިން މުސްލިމުންގެ މެދުގައި އޮތް މައްސަލަތަކެއް ނޫނެވެ. ނަމަވެސް މިއަދު މިވަނީ ޢާންމު ކަމަކަށްވެފައެވެ. ޝައިޠޯނާގެ ބަހަށް ހެއްލެވިފައެވެ.  

މިވާހަކަ މިގޮތަށް ދެއްކުމުން އެހެން އުޅޭ މީހުން ވަރަށް ގިނަ ކަމަށް ބުނެފާނެއެވެ. އެއީ ތެދަކަށްވެސް ވެދާނެއެވެ. ބުނަންހެއްޔެވެ؟ ދުނިޔޭގެ އެންމެން އެކަމެއް ކުރިނަމަވެސް ޙަރާމް ޙަލާލުގެ ޙުކުމަކަށް ބަދަލެއް ނުއަންނާނެއެވެ. އެކަން އޮންނާނީ ﷲ ތަޢާލާ ނިންމަވައި އަންގަވާފައިވާ ގޮތަށެވެ

ޤިޔާމަތް ދުވަހު މީސްތަކުންގެ މައްޗަށް ޙިސާބުބައްލަވައިވޮޑިގަންނަވާނީ އެކަލާނގެ ބާއްވައިލެއްވެވި ޙުކުމްފުޅުތަކުގެ މައްޗަށެވެ. ޖަޒާދެއްވަވާނީ ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅުތަކަށް އެމީހަކު ޢަމަލުކުރި ގޮތެއްގެ މައްޗަށެވެ. އެޙުކުމްފުޅުތަކަށް ޢަމަލުނުކުރެވި އޮތްނަމަ އެއޮތީ ފޭލްވެފައެވެ. ގިނަބައަކު އުޅުނު ގޮތަށް އުޅެވުނީކަމަށް ދަންނަވައި ދެއްކޭނެ އެއްވެސް ބަހަނާއެއް ނުއޮންނާނެއެވެ.  

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

މިއަދު އޮންލައިން