ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަންކަމުގައި ލަފާދޭ ފަނޑިޔާރުންގެ ބޯޑެއް އުފެއްދެވުމަށް ނިންމަވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 58ސ
ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަންކަމުގައި ލަފާދޭ ފަނޑިޔާރުންގެ ބޯޑެއް އުފެއްދެވުމަށް ނިންމަވައިފި

ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަންކަމުގައި ލަފާދޭ ފަނޑިޔާރުންގެ ބޯޑެއް އުފެއްދެވުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމަވައިފިއެވެ.

މިކަމާގުޅިގެން ޖޭއެސްސީ އިން ބުނެފައިވަނީ މި ބޯޑަކީ ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރުގެ ޢާންމު އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމުގައި ފަނޑިޔާރުންގެ ފަރާތުން ލަފާ ދިނުމަށް އެކުލެވޭ ބޯޑެއް ކަމަށާއި މިބޯޑު އުފެއްދުމުގެ ބޭނުމަކީ ކޯޓުތަކުގެ އިދާރީ ހިންގުމާ ގުޅޭގޮތުން ސިޔާސަތުތައް އެކަށައަޅާއިރު، ފަނޑިޔާރުންގެ ބައިވެރިވުން އިތުރުކުރުމަށާއި، ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަންކަމުގައި އެކުލަވާލާ ސިޔާސަތުތަކަކީ ހާމަކަންބޮޑު ފަނޑިޔާރުންނާ މަޝްވަރާ ކުރެވިގެން އެކުލަވާލެވޭ ސިޔާސަތުތަކެއްކަމަށް ހެދުންކަމަށެވެ.

މިބޯޑުގެ މެންބަރުންގެ ތެރެއިން ސުޕީރިއަރ ކޯޓުތަކުގެ އިސްޤާޟީންގެ ތެރެއިން އުއްތަމަފަނޑިޔާރު ޢައްޔަންކުރައްވާ ފަނޑިޔާރާއި މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ ތެރެއިން އުއްތަމަފަނޑިޔާރު ޢައްޔަންކުރައްވާ ފަނޑިޔާރު ޢައްޔަންކުރެވޭނީ، ފަނޑިޔާރުންގެ މެދުގައި ބަހާލެވޭ އުޞޫލަކުން ކޮންމެ އަހަރަކު 1 ފަހަރު ބަދަލުވާ ގޮތުގެ މަތިން ކަމަށްޖޭއެސްސީން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން