ކައުންސިލްތައް ބާކީކުރުން މި ސަރުކާރުގައި ތަކުރާރުވިޔަ ނުދޭނަން: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 53ސ
ކައުންސިލްތައް ބާކީކުރުން މި ސަރުކާރުގައި ތަކުރާރުވިޔަ ނުދޭނަން: ރައީސް

ކައުންސިލްތައް ބާކީކުރުން މި ސަރުކާރުގައި ތަކުރާރުވިޔަ ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ފުވައްމުލައް ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލްތައް ބާކީކޮށް މަސައްކަތްތައް ކުރުމުގެ ސަބަބުން ދިމާވާ ދަތިތައް އެމަނިކުފާނު ވަރަށް ގާތުން ތަޖުރިބާކުރައްވާފައިވާކަމަށާއި އަދި އެކަންކަން މި ސަރުކާރުގައި ތަކުރާރުވިޔަ ނުދޭނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.

"ދެ އަހަރާއި ބައި ކައުންސިލްގެ މޭޔަރުކަން ކޮށްފިން. އަޅުގަނޑުގެ ތަޖުރިބާ ވަރަށް ހިތި. ބޭނުންވެގެން ރޭވި ވަރަށް ގިނަ މަސައްކަތްތައް ދިޔައީ ނުކުރެވި. މިއީ ސަރުކާރުން ދޭންވާ އެއްބާރުލުން ނުލިބުމުގެ ސަބަބުން ކުރެވުނު ތަޖުރިބާ" ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކައުންސިލްތަކާއި އިދާރީ ދާއިރާތައް ހިންގުމަށް ވަކި ޚާއްސަ ވުޒާރާއެއް ސަރުކާރުން އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ކައުންސިލްތަކާއި ގާތުން މަސައްކަތްކުރެއްވުންކަމަށެވެ.

މިއަދު އޮންލައިން