އޮތެންޓިކް މޯލްޑިވްސް ފިހާރައިގައި އިތުރު ވިޔަފާރިތަކަށްވެސް ތަކެތި ވިއްކޭނެ އިންތިޒާމް ހަމަޖެހޭނެ: ވިޔަފާރިއާ ބެހޭ ވަޒީރު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
އޮތެންޓިކް މޯލްޑިވްސް ފިހާރައިގައި އިތުރު ވިޔަފާރިތަކަށްވެސް ތަކެތި ވިއްކޭނެ އިންތިޒާމް ހަމަޖެހޭނެ: ވިޔަފާރިއާ ބެހޭ ވަޒީރު

ބީސީސީގެ ދަށުން ހިންގާ އޮތެންޓިކް މޯލްޑިވްސް ފިހާރައިގައި އިތުރު ވިޔަފާރިތަކަށްވެސް ތަކެތި ވިއްކޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތްކުރައްވަމުންދާ ކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސައީދު މިހެން ވިދާޅުވީ އާމްދަނީ ހޯދުމަށް ގޭގައި އުފައްދާ ބަންދުކުރާ ކާބޯތަކެއްޗަށް ޚާއްޞަ ލޯގޯ އިފްތިތާޙްކުރުމަށް ބޭއްވި ހަފްލާގައެވެ.

ވަޒީރު ސައީދު ވިދާޅުވީ ބީސީސީގެ ދަށުން ހިންގާ އޮތެންޓިކް މޯލްޑިވްސް ފިހާރައިގައި އިތުރު ވިޔަފާރިތަކަށްވެސް ތަކެތި ވިއްކޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތްކުރައްވަމުންދާ ކަމަށާއި އޮތެންޓިކް މޯލްޑިވްސްގައި މިހާރު ލިސްޓުކުރެވޭނެ ކަމަށެވެ. އަދި ވިޔަފާރިތަކަށް ހުރި ލިމިޓޭޝަންސް ނައްތާލާ، އިތުރު ކުދި ވިޔަފާރިތަކަށް ބައިވެރިވެވޭނެ ފުރުސަތުތައް ހޯދައިދޭނެކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.

މިއަދު އޮންލައިން