ކުޅިވަރުގެ ތަމްރީންތައް ހިންގާ އެކަޑަމީތަކަށް ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދެނެ: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 57ސ
ކުޅިވަރުގެ ތަމްރީންތައް ހިންގާ އެކަޑަމީތަކަށް ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދެނެ: ރައީސް

ކުޅިވަރުގެ ތަމްރީންތައް ހިންގާ އެކަޑަމީތަކަށް ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދެނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރެއްވީ، އެކި ކަންކަމުގައި ޢާއްމުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ސުވާލުކުރެވޭ ގޮތަށް "ރައީސްގެ ޖަވާބު"ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމަށް ލ.ފޮނަދޫ، ޝާރާޒް، މުޙައްމަދު އަނަސް ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށްރަށުގައި އެކި ޕްރޮޖެކްޓުތައް ހިންގާ ކުންފުނިތަކާއި، ކުޅިވަރުގެ ތަމްރީންތައް ހިންގާ ޖަމްޢިއްޔާތަކާއި އެކަޑަމީތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ހޯދާދިނުމަށް މަސައްކަތްކުރައްވާނެކަމަށެވެ.

"ސަރުކާރުގެ އެކި ކަހަލަ ކުންފުނިތަކުން މަސައްކަތްކުރަމުންދާއިރު، އެކަޑަމީތަކާއި ކޯޗުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ކުޅިވަރާއި ބެހޭ ވަޒީރު މެދުވެރިކޮށް، އެސޯސިއޭޝަންތަކަށް ގޮތްގޮތް ހޯދާދިނުމަށް ކުންފުނިތަކާއި ވާހަކަދައްކަައިގެން ރަނގަޅު ސިޔާސަތެއް ބައްޓަންކުރުމުގެ މަސައްކަތް ފަށާނަން،" ރައީސް ވިދާޅުވިއެވެ.

މިއަދު އޮންލައިން